ރ އަތޮޅު މާމުނަގަައު "ދަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް" ރިސޯޓް ހުޅުވައިފި

D0615CE9-F8F3-4E0B-8E6B-E38BB2593279

ރ. މާމުނަގައުގައި ހެދި އިންޓަކޮންޓިނެންޓަލް މޯލްޑިވްސް ރިސޯޓު ހުޅުވައިފި އެވެ.

ރ. އަތޮޅު މާމުނާގައުގައި ތަރައްޤީކޮށްފައިވާ އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓުގައި 81 ކޮޓަރި ހުރެއެވެ. އޭގެ ތެރޭގައި ބީޗު ވިލާ އާއި، ލެގޫން ވިލާތަކުގެ އިތުރުން އޮވަރ ވޯޓަރ ވިލާ ހިމެނެއެވެ. ހުރިހާ ކޮޓަރިއެއްގައިވެސް ޕްރައިޓް ޓެރެސްއެއް އަދި ޕޫލެއް ހުންނާނެ ކަމަށް އިންޓަރ ކޮންޓިނެންޓަލުން ހާމަކުރެެއެވެ.

އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓުގައި އެކި ކަހަލަ ކެއުންތައް ލިބޭ 6 ރެސްޓޯރެންޓު ހުރެއެވެ. އަދި ސްޕާއެއްގެ ޙިދުމަތާއި ތަފާތު އެކި ކަހަލަ މޫދު ކުޅިވަރުތަކަށް ޙާއްސަ ވޯޓަރ ސްޕޯޓްސް ސެންޓަރއެއްވެސް އެ ރިސޯޓުގައިހުރެއެވެ.

އެ ރިސޯޓު ތަރައްގީ ކޮށްފައިވަނީ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިންނެވެ.

އިންޓަކޮންޓިނެންޓަލް އާއި އެޗްޕީއެލްއާ ގުޅިގެން ރާއްޖޭގައި "ހޮލިޑޭ އިން ރިސޯޓު ކަނޑޫމާ މޯލްޑިވްސް"ގެ ނަމުގައި މިހާރު ވެސް ދަނީ ރިސޯޓެއް ހިންގަމުންނެވެ. ނަމަވެސް މާމުނާގައުގައި ހަދާ ރިސޯޓަކީ އިންޓަކޮންޓިނެންޓަލްގެ ބްރޭންޑުގެ ދަށުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ.

މިއަހަރުގެ ޖުލައި މަހު ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި އަލަށް 11 ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައި މަހާ ހަމައަށް 12 ރިސޯޓު އަލަށް ވަނީ ހުޅުވާފަ އެވެ. އަދި މިއަހަރު ނިމޭއިރު މިއަހަރުގެ ތެރޭގައި އަލަށް ހުޅުވާފައިވާ ރިސޯޓްތަކުގެ އަދަދު 23 އަށް އަރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިއްޔެ ވަނީ އިތުރު ދެރިސޯޓެއް ކ އަތޮޅުގައިވެސް ހުޅުވާފައެވެ. ކ. އެނބޫދޫފަޅުގައި ތަރައްގީކުރާ "ކްރޮސްރޯޑްސް" އިންޓަގްރޭޓެޑް ޓޫރިސްޓް ޑެސްޓިނޭޝަންގެ ފުރަތަމަ ފިޔަވަހީ ގަައި ހެދި ދެ ރިސޯޓު ކަމަށްވާ "ހާޑް ރޮކް ހޮޓެލް މޯލްޑިވްސް" އަދި "ސައި ލެގޫން މޯލްޑިވްސް" އެވެ. އެއިގެ އިތުރުން ތަފާތު ވަސީލަތްތައް ހިމެނޭ ގޮތަށް އެފަޅުގައި ތަރައްގީކޮށްފައިވާ "ދަ މެރީނާ އެޓް ކްރޮސްރޯޑްސް" ވެސް ކްރޮސްރޯޑްސްގެ ފުރަތަމަ ފިޔަވަހީގައި ހިމެނެ އެެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *