މިހާތަނަށް 10051 ހެކްޓަރު ވަނީ ހިމާޔަތް ކުރެވިފައި: އެންވަޔަރްމެންޓް މިނިސްޓްރީ

Neykurendhoo Kandhoo faa 2

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭގޮތަށް މިހާތަނަށް 10051 ހެކްޓަރުގެ ސަރަހައްދު ހިމާޔަތް ކުރެވިފައިވާ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީއިން ބުނެފިއެވެ.

އެންވަޔަރްމެންޓް މިނިސްޓްރީއިން މިއަދު ބުނީ ސަރުކާރުގެ މި ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ 19 ސަރަޙައްދެއް ހިމާޔަތް ކުރެވިފައި ވާކަމަށެވެ.

މިގޮތުން 5 އަތޮޅަކުން 7 ރަށެއް ހިމާޔަތް ކުރެވިފައިވާ ކަމަށާއި، 6 އަތޮޅަކުން 11 ފަރު،ފަޅު އަދި 5 އަތޮޅަކުން 7 ކުޅި،ފާ ބިން ހިމާޔަތް ކުރެވިފައިވާ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

ރާއްޖެއިން 10051 ހެކްޓަރުގެ ސަރަހައްދު ހިމާޔަތް ކުރެވިފައިވާ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީއިން ބުނިއިރު، ރައީސް ޞާލިޙް އިއްޔެ ވަނީ ފާދިއްޕޮޅު (ޅ.އަތޮޅު) ން ފަސް ސަރަހައްދެއް ހިމާޔަތްކުރުމަށް ނިންމަވާފައެވެ. އެ ސަރަޙައްދު ތަކަކީ ޅ.މާގަނދު (އެނިމޮނީ) ތިލަ، ޅ.ދިއްފުށި-މާދޫގައި ހިމެނޭ 5 ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށްކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދު، ޅ.މާކޯ، ޅ.ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅި އާއި ދަނޑިފަޅު ފިނޮޅު ސަރަހައްދު އަދި ޅ.ދަށުގިރި ފިނޮޅު ސަރަހައްދެވެ.

ފަހަކަށް އައިސް އަންނަނީ އުތުރުގެ ގިނަ ކަނޑޫފާތަށް މަރުވަމުންދާ މައްސަލަ ވެސް ފެންމަތިވަމުންނެވެ. މި ގޮތުން ށ. ފޭދޫ، ށ. ފަރުކޮޅު، ހދ. ނޭކުރެންދޫއާއި، ހދ. ވައިކަރަދޫއާއި، ހދ. ނޮޅިވަރަމް އަދި ހއ. ކެލާގެ ކަނޑޫފާތައް ނެތި ދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި