އަންނަ އަހަރަށްވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެއް ނޭޅޭނެ: ޣަފޫރު

މަޖްލީހުގެ ޖަލްސާއެއްގައި ޣަފޫރު ވާހަކަ ދައްކަވަނީ
މަޖްލީހުގެ ޖަލްސާއެއްގައި ޣަފޫރު ވާހަކަ ދައްކަވަނީ

ވަޒީފާ އަދާކުރާ މީހަކަށް ދުވާލެއްގެ މައްޗަށް ލިބޭ އެންމެ ކުޑަ އުޖޫރަ އަންނަ އަހަރު ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ސަޕްލިމެންޓަރީ ބަޖެޓާއި ގުޅޭގޮތުން ރޭ މަޖްލީހުގައި ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށް ރައީސް ސޯލިހު އުފެއްދެވި ބޯޑުގެ ވާހަކަތަކަށް ބަލާއިރު މި އަންނަ އަހަރުވެސް އެކަން ކުރެވޭނެކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި މިނިމަމް ވޭޖެއް ކަނޑައަޅަން ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ޑިސެމްބަރު މަހުގެ ނިޔަލަށް މިނިމަމް ވޭޖާއި ގުޅޭ ގޮތުން ގޮތެއް ކަނޑައަޅައި މިނިސްޓަރަށް ލަފާ އަރުވާނެ ކަމަށް މިނިމަމް ވޭޖް ބޯޑުން ވަނީ ބުނެފައެވެ.

ޣަފޫރު ވިދާޅުވިގޮތުގައި މި އަހަރުގެ ތެރޭގައި ބަޖެޓުގައި މިނިމަމް ވޭޖަށް ބޭނުންވާ ފައިސާ ހިމަނައިގެން 2020 ވަނަ އަހަރު މިނިމަމް ވޭޖެއް ކަނޑައަޅައިގެން ދޫކުރެވޭނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

ޣަފޫރު އެގޮތަށް ވިދާޅުވި އިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އަހަރު ނިމުމުގެ ދެ މަސް ދުވަސް ކުރިން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހެ އެވެ. އަދި އެހެން ގޮތަކަށް ކަނޑަނާޅާ ހިނދު، ނޮވެމްބަރު މަސް ނިމުމުގެ ކުރިން ދައުލަތުގެ ބަޖެޓާ މެދުގައި މަޖިލިހުން ގޮތެއް ނިންމަން ޖެހެ އެވެ.

ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މީގެ ކުރިން އެމްޑީޕީއިން ބުނެފައިވަނީ ދުވާލަކަށް 200 ރުފިޔާ އެއީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުން ރަނގަޅު އަދަދެއް ކަމަށެވެ.

ދާދި ފަހުން ވަނީ އެންމެ ކުޑަ އުޖޫރަ އަވަސްކުރުމަށް ގޮވާލާ ހއ.ދިއްދޫ ޒުވާނުން ޞުލްޙަވެރި މުޒާހަރާއެއް ކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި