•  
  •  
  •  
  •  
  •  
  •  
  •  

މާލޭގައި މިރޭ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފިންއެވެ.

ތޫނު އެއްޗަކުން ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައި ވަނީ އަމީނީމަގުގައި، ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ.

ފުލުހުން ބުނީ މާލޭ އަމީނީމަގުގައި، ވިޔަފާރިވެރިންގެ މިސްކިތް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވާ މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައި ވަނީ މިރޭ 22:34 ގައި ކަމަށް ފުލުހުން ބުންޏެވެ.

" މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީ ފޭރިފައިވަނީ 2 ސައިކަލެއްގައި ދިޔަ ބަޔަކު"

ފުލުހުން ބުނެފައި ވެއެވެ.

ހަމަލާ ދިނުމުގެ ސަބަބުން އަނިޔާ ލިބުނު މީހާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުން ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރި ވަމުންނެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ