8،488 މީހަކަށް 35.1 މިލިއަން ރުފިޔާ ދޫކުރުމަކީ "އޯގާތެރިކަމުގެ ރީތި މިސާލެއް": އަޙްމަދު އަބްދުﷲ

ahmed abdulla

ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ 8،488 ފަރާތްތަކަށް “އިންކަމް ސަޕޯޓް އެލަވަންސް” ގެ ގޮތުގައި މިހާތަނަށް 35.1 މިލިއަން ރުފިޔާ ދޫކުރުމަކީ "އޯގާތެރިކަމުގެ ރީތި މިސާލެއް" ކަމުގައި ބާރަށު ދާއިރާގެ މެންބަރ އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް “އިންކަމް ސަޕޯޓް އެލަވަންސް” ގެ ގޮތުގައި 2020 އޯގަސްޓް 2 ވަނަ ދުވަހާއި ހަމައަށް، 8،488 މީހަކަށް 35.1 މިލިއަން ރުފިޔާ ދޫކޮށްފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއަށް މެންބަރ އަޙްމަދު އަބްދުﷲ ވަނީ ޝުކުރު ދަންނަވާފައެވެ.

ކޯވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދޭ “އިންކަމް ސަޕޯޓް އެލަވެންސް” ލިބޭނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާ އަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާ ގުޅިގެން އެ ބައެއްގެ އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

އެގޮތުން، 1 މާޗު 2020 ގައި އެއްވެސް ފަރާތެއްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާގައި ހުރި ކޮންމެ ފަރާތަކަށް ލިބޭނެ އެވެ. މީގެ ތެރޭގައި ވަޒީފާގެ ޕްރޮބޭޝަންގައި ތިބި ފަރާތްތަކާއި، އަދި ވަގުތީ ވަޒީފާގައި ތިބި ފަރާތްތަކުގެ ހަމައެކަނި ވަޒީފާ ކަމަށް ވާންޖެހެ އެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުގައި، ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެ އެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެ އެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައި ވަނީ މިއަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

Leave a Reply to މޯޑު ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި