"މިސްކިތް ބަންދު ކުރަންޏާ މަޖިލިސް ވެސް ހުއްޓުވޭނެ: ޑރ. ނިޔާފް" މިސުރުހީއަށް ލިޔެފައިވާ ހަބަރަކަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ރައްދު ދެއްވި ގޮތުން ބައެއްފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފިއެވެ.
ބޮޑު ބަލިމަޑުކަމެއް ފެތުރި، ގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިސްކިތްތައް ބަންދުކުރާ ހާލަތެއް އަންނަ ނަމަ، ރައްޔިތުނަގެ މަޖިލިސް ވެސް ބަންދުކުރެވޭނެ ކަމަށް ޑރ. އަލީ ނިޔާފް ބުނެފައިވާ ޙަބަރަށް ރައްދު ދެއްވަމުން ޓުވިޓަރގައި ވަރަށް ހަރަކާތްތެރިކޮން ފެނިވަޑައިގަންނަވާ އެމްޕީ ޝިފާއު ބުނެފައިވަނީ މަޖްލިސްއާއި އަޅައި ގަނެގެން ތި އުޅުއްވަނީ ހާދަވަރަކަށް ކަމަށެވެ.
ބަޔަކު ގައުމީ ޚިދުމަތުގައި ތިބީމަވެސް ހަޖަމް ނުވާ މީހުން އުޅޭ ދޯ.
އެހަބަރަށް ރައްދު ދެއްވަމުން ބުނެފައިވެއެވެ.
ޑރ. ނިޔާފް މިހެން ވިދާޅުވީ ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް މަޝްވަރާ ހޯދުމަށް ރޭ ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
"މިސްކިތެއް ހުއްޓުވޭ ހާލަތަކަށް އަޅުގަނޑުމެންނަށް ދެވެންޏާ ރައްޔިތުންގެ މަޖިލިސް ހުއްޓުވޭނެ ހާލަތަކަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް،"
ޑރ. ނިޔާފް ވިދާޅުވިއެވެ.
މީގެ އިތުރުން އެޓުވީޓަށް ރައްދު ދެއްވި ދެމީހަކަށް ޝިފާޢު ވަނީ ޖަވާބު ދީފައެވެ. އެގޮތުން ޤަޢުމީ ޚިދުމަތަކަށް ކުރެއްވީ ކޮންކަމެއްތޯ އެއްސެވުމުން ޖަވާބުގައި ބުނެފައިވަނީ މިހާލަތުގައިވެސް ގައުމުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވާ ފާރަވެރިކުރެވޭނީ މަޖިލިސް ފަންކްޝަން ކޮށްގެން ކަމަށެވެ.
https://twitter.com/mhshifau/status/1284920730337947648?s=20
ޑރ ނިޔާފް އެދައްކަވަނީ މަޖިލިސް ޑިސްއިންފެކްޓް ކުރާ ވާހަކަ ކަމަށް އިތުރު މީހަކު ބުނެފައިވުމުން އެކަމަށް ޝިފާޢު ބުނެފައިވަނީ އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެކަމަކީ މަޖިލީހުން ބަރާބަރަށް ކުރާކަމެއްކަމަށެވެ.
ޝިފާޢުގެ މި ޓުވީޓަށް ހިތްހަމަ ނުޖެހިގެން އެތައްބަޔަކު ރިޕްލައި ކޮށްފައިވާއިރު މިއެއްވެސް ޓުވީޓަކަށް ރިޕްލައި ކޮށްފައެއް ނުވެއެވެ. ޝިފާޢުގެ މިޓުވިޓުގެ ސްކްރީން ޝޮޓްތަށް ފޭސްބުކްގައި ހިއްސާ ކުރުމަށްފަހު ބަޔެއް ފަރާތްތަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. ޝިފާޢު އަކީ ޓުވިޓަރގައި ވަރަށް ހަރަކާތްތެރިކޮން ފެންނަ މެންބަރެކެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ޑރ. ނިޔާފް ވިދާޅުވީ ވަރަށް ރަގަޅު ވާހަކައެއް. ނިޔާފް ހުށަހެޅުއްވި ގޮތަށް ނަހަދައިފިނަމަ މިކަމުގެ ހިތި ނަތީޖާ ފަހުން ފެންނާނެކަން ކަށަވަރު. ހުރިހާ ކަމެއް ރައްޔިތުންގެ މަޖުލީހުގެ މުށުތެރެއަށް ލާކަށް ނުޖެހޭ. މިހާރު މަޖުލީސް ހިގާގޮތުން ހިޔެއްނުވޭ ތިން ބާރު ވަކިވެފައި އޮތް ޑިމޮކްރަސީ އެއް ހެނެއް. ހުރިހާ ކަމެއްވެސް ރައްޔިތުންގެ މަޖުލީހުން ނޫނީ ނުނިމޭގޮތަށް ބައްޓަން ވަމުން ދާތަން މިފެންނަނީ. ވަރަށް ހިތާމަހުރިކަމެއް.
މި އިހަވަންދޫ ސޮރުވެސް އަންހެންވީ ކޮންއިރަކު. މަ ކުރިން ވަރަށް ގަދަރު ކުރާ ސޮރެއްތީ
ތި ސޮރު އެ ދައްކަނީ އެސޮރު ބައްޕަ ބުނާވާހަކަތަކެއް، އެ ސޮރު ބައްޕަ ޑރ. ނިޔާފަށްވުރެ މޮޅުވާނެ، އަދި ވެސް އެ އުޅެނީ ފމ ފޯމުގަ ސޮޔެނުކޮށްވިޔަ.
މަޖިލީހުގައި ތިބި ސައިޒުއޮޅިފަތިބި ބައެއް
ރަނގަޅު ވާހަކައެއް މަޖިލިސް މެންބަރު އެބުނީ. ކިޔަވައިގެންތިބި ކަމުގެ މާހިރުންނަކަށް ނޭނގޭނެ އެއްވެސް އެއްޗެއް. ހުރިހާ އެއްޗެއް އިގޭނީ ނުކިޔާވާތިބި އެއްވެސް އަޚުލާގެއްނެތް ޢިއްޒަތްތެރި މެންބަރުންނަށް. އަދި ޤަައުމަށްޓަކައި މަސައްކަތް ކުރާނީވެސް އެބޭފުޅުން އެކަނި. އެހެންވީމާ މެންބަރުންނާއި ރައްޔިތުން ޖައްސަވަން ނޫޅުއްވާ.
ސަންދޮށް ހިފާގެން މަޖްލީހަށް ދޭބަލަ އުމުރު ދުވަހު ތިތާ އުޅެވޭނެ ކަމަށް ހީކޮއްގެން. މަޖްލީހަށް ހޮވުނީމަ މިކަލޭގެއަށް ހީވަނީ ކަންނޭނގެ މިހިރީ ރަސްކަލަކަށް ވެފައޭ.
ކަލޯ ށިފާއު ރައްޔިތުން އެމީހުންގެ ނޯކިރީކަމާ އެމީހުނގެ ފާއިސާއިން މުސާރަދީފަ ތިޔަތަނައް ވެއްދީމަ ރައްޔިތުންނޭ ކިޔައގެން އެމީހުން ނޭދޭހާ ވާހަކަ ދެއްކުމާކީ ގައުމައް ހިދުމަތްކުރުން ތޯ؟
ޑރ. އަލީ ނިިޔާފަކީ ކަލޭހެން ރީނދޫ ޓައީގަނޑެއް އަޅައިގެން އަނގަ އަރުވަމުން ދުވާ ބީތާއެއް ނޫނޭ. މި ކޮރޯނާ ބީތާ ހީކުރާގޮތް ދޯ؟