ކުރިނބީ ސްކޫލުގެ ޕްރިންސިޕަލް ނެގުމުގައި ކޮރޮޕްޝަން ނުހިމެނޭ - އޭސީސީ

ކުރިނބީ ސްކޫލް
ކުރިނބީ ސްކޫލް

ކުރިނބީ ސްކޫލުގެ ޕްރިންސިޕަލް ނެގުމުގައި ކޮރޮޕްޝަން ނުހިމެނޭ ކަމަށް ދިވެހި ރާއްޖޭގެ އެންޓި ކޮރޮޕްޝަން ކޮމިޝަން، އޭސީސީ، އިން ނިންމައިފިއެވެ.

އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހދ.ކުރިނބީ ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް 16 ޑިސެންބަރ 2018 ގައި ކުރެވުނު އިޢުލާނާ ގުޅިގެން އެ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނަގާފައިވާ ފަރާތް ނަގާފައިވަނީ ކޮރޮޕްޝަންގެ އަމަލެއްގެ ދަށުން ކަމަށް ހުށަހަޅާފައިވީނަމަވެސް، އެ ކޮމިޝަނުން ކުރި ތަޙްޤީޤުން މިފަދަ ކަމެއް ހާމަވެފައިނުވާ ކަމަށެވެ. އަދި މައްސަލަ ހުށަހެޅި ފަރާތަށް ވަޒީފާ ނުލިބުނީ ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން، ވަޒީފާއަށް ހޮވުނު ފަރާތްތަށްވުރެ މަދުން ޕޮއިންޓް ލިބިފައިވާތީ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

"ހދ.ކުރިނބީ ސްކޫލްގެ ޕްރިންސިޕަލްގެ ވަޒިފާއަށް އެދުނު 3 ފަރާތާ އިންޓަވިއުކޮށްފައިވާކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފޮނުއްވި ލިޔުންތަކުން އެނގެން އޮތީ 03 ޖަނަވަރީ 2019 ގައިކަމަށްވާތީއާއި އޭގެފަހުން އިންޓަވިއުކުރިކަމެއް އެނގެން ނެތަތީއާއި އިންޓަވިއުއިން މަތިން ޕޮއިންޓް ލިބިފައިވަނީ މި ޝަކުވާ ހުށަހެޅި ފަރާތަށް ކަމަށްވާތީއާއި ނަމަވެސް ތަޢުލީމުގެ ބައިންނާއި ތަޖުރިބާގެ ބައިން މަތިން ޕޮއިންޓް ލިބިފައިވަނީ އެހެން ފަރާތަކަށް ކަމަށްވާތީ އެ ވަޒީފާއަށް ހޮވިފައިވަނ ތަޢުލީމުގެ ބައިންނާއި ތަޖުރިބާގެ ބައިން މަތިން ޕޮއިންޓް ލިބުނު ކަމަށްވާތީއާއި އެފަރާތަށް ތަޢުލީމުގެ ބައިން ޝަކުވާ ހުށައެޅި ފަރާތަށްވުރެ މަތިން ޕޮއިންޓް ލިބިފައިވަނީ އޭނާއަކީ މާސްޓަރސް ޑިގްރީ ޙާޞިލުކޮށްފައިވާ މީހަކަށްވެފައި، ދެން އިން ފަރާތް ހާސިލުކޮށްފައިވާ އެންމެމަތީ ސެޓްފިކެޓަކީ ބެޗްލަރސް ޑިގްރީ ކަމަށްވާތީ، ޕޮއިންޓް ދިނުމުގައި މައްސަލައެއް އޮތްކަމަކަށް ނުފެންނާތީއާއި މި ވަޒީފާއަށް އެދުނު ފަރާތްތަކާ އިތުރު އިންޓަވިއުއެއް ކުރެ ވިފައިނުވާ ކަމަށާއި، މި ވަޒީފާއަށް އެއްވެސް މީހަކު އަދި ހަމަޖައްސާފައިނުވާކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނެފައިވާތީ ޤާނޫނު ނަންބަރު 2008/13( އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު( ގެ 25 ވަނަ މާއްދާގެ )ހ( ގެ )1 )ވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަ ނޑައަޅައި، މި މައްސަލަ ވަނީ ނިންމާފައެވެ." އޭސީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީ އިން މި ދުވަސްވަރު ކޮރޮޕްޝަންގެ ގިނަ މައްސަލަތަކެއް ތަޙްޤީޤް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ދެންބަލާބަ ޕްރިންސިޕަލް ބައްޕަޔައް ސްކޫލް ނާސްތާޕްރޮގްރާން ހަވާލުކުރީ ކިހިނެތްތޯ؟ ޕްރިންސިޕަލް ބައްޕަ ކުންފުނި ރެޖިސްޓްރީ ކޮއްގެން އަންނަންދެން ނާސްތާދިނީ ބެލެނިވެރިން.. ޕްރިންސިޕަލް ގެ ކޮއްކް އައް ނުގެއްލޭ ކިތައް މަގާމު ސްކޫލްގަ މިހާރުވެސް ރިޒާރވް ކޮއްފަ އޮތްތޯ؟ ތިބުނާ ޕްރިންސިޕަލްއަކީ ހަރުގޭގަ ސިޔާސީ ޕޯޑިއަމްތަކުގަ ވާހަކަދައްކާ މީހެއް، މަދަނަ އިއްބެމެން ފެމިލީމީހުން އެހެންވީމަ މިހާރު ޕްރިންސިޕަލް އާއި ޕްރިނސިޕަލް ބައްޕަމެން ހިތުހުރިހާ ގޮތަކައް އެއުޅެނީ ރަށުމީހުނައްއެގޭ ބޮޑެތި ސިއްރު މިހުންނަނީ

    20
    5
    1. ކަލޭ އަނގައޭ ކިޔާބަލަ ލައްޗޭ. ކަލޭ ކުޅުނު ފިލްމަކީވެސް ރަށު އެންމެނަށް އިނގޭ ބޮޑެތި ސިއްރު ދޯ؟ ލުލް

      4
      14
      1. ޢަދި މިފެނުނީ މި ކޮމެންޓުތައް، ބުނެލަން ބޭނުމީ އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއް ނޫނޭ، ކުއްނުކުރެވޭ އިންސާނަކީ އަހަރެމެންގެ ކައު ސާހިބާ. ކުއްނުކުރާ މީހަކީ މަލާއިކަތެއް ނޫންހޭ. ޢަހަރެން ދެކޭ ގޮތުގަ ލަތީފް ސާރ އަކީ ވަރަށް ރަނގަޅު، މީހުންނަށް ހެޔޮ، މީހުންނަށް އެހީތެރިވާ، ކަންކަމާ އިސްނަގައިގެން، އުޅޭމީހެއް. މީހުންނާ ހަސަދަ ވެރިވެގެން، ޒާތީ ގޮތުން ޖައްސާލައިގެން މީހުންގެ އަބުރައް އަރާ، ކުރެވިފައިވާ ފާފަތައް ތައުބާވެފައި ވާ، އެހެން މީހުން އެވާހަކަ ދައްކާކައް ނުޖެހެޔޭ، މާތް ﷲ އެމީހަކު ހެޔޮނިޔަތަކާއެކު ތައުބާވުމުން ފާފަ ފުއްސަވަޔޭ. ޢެހެން ބަޔަކު އެވާހަކަ ތައް ދެއްކުމުން އެ ފާފަ އެބަޔަކަށޭ އަންނާނީ. ޜޯދަމަހުގެ ފަހު ދަންވަރު އެންމެން ނިދާ ގަޑީ ކޮންމެ ރެއަކު ތަހައްޖުދު ނާމާދު ކުރަނިކޮށް ފެނޭ، ކޮންމެ ނަމާދެއް ވަގުތުން ކުރޭ، ސުކޫލުގަ އެތައް ދަމެއް ވަންދެން މަސައްކަތް ކުރޭ. ދެން ކޮބާހޭ މައްސަލައަކީ. ދުނިޔެމަތީ މާތް ﷲ ގެ ރުއްސެވުން ހޯދުމަށް އެތައް މަސަތްކަތެއް ކުރާ ހިތްވަރު ގަދަ ޓީޗަރެއް. ދުއާ އަކީވެސް އެ ކުޑަ ކުޑަ އާއިލާއަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުން. ސިއްރުން ފާފަ ކުރުމަށްފަހު މީހުންނާށް އޮޮޅުވާލާ މަކަރުހަދާ އެތައްބަޔަކު މިރަށުން އެބަ ފެނޭ. ޙީކުރަނީ އެމީހުން ކުރާ ކަންތައް ދެނެވޮޑިގެންވާ ފަރާތެއް ނެއްކަމަށް.

    2. ސްކޫލުގެ ވެރިން ބެލެނިވެރިންނާ ކަންކަން ހިއްސާކުރާމިންވަރު ކުޑައީ ހާއްސަކޮށް ގްރޭޑް10 ގެބެލެނިވެރިން ސްކޫލުން ބާކީކޮށްލާފަ ބެހެއްޓޭތޯ ބަލާހެން ހީވަނީ ވަރަށް ބޭއިންސާފު

    1. ޕްރިންސިޕަލް އެއް ހުރުމެކޭ ނެތުމެކޭ ހަމަ އެއް ގޮތް. އާއިލާގެ ސުކޫލު ސޮރަކު ހެޔޮ ރަށުތެރޭ ސައިކަލު ދުއްވިޔަސް.. ސިގެރޭޓު ބުޔަސް.. އެހެން އެއްޗިހި ބޭނުން ކުރިޔަސް… ވާކަމެއް ހަރާން.. މައްސަލަ އަކައް ނުވޭ . އެހެން ކުއްޖަކު ކުލާހުގަ ސަކަރާތް ޖަހާ ލާއިރަށް އޮފީހަށް.. ސަސްޕެންޑް.. * ހާލަތު*

      14
      3
    1. ތިޔަ ސުކޫލުގައި އެންމެ އިސްކޮށް، ހުރިހާކަމެއް ކުރަނީ ލަތީފް ، ސުޖާ ދެމީހުން، އެދެމީހުން އަތް އުރާލަބަލަ، ޗޮކުން ދާނީ

  2. މި އަހަރުވެސް އެ ސްކޫލްގައި ލަބްރަރީއަށް ކުރިމަތިލި ކުދިންތަކުގެ ތެރެއިން ކުއްޖަކަށް މާކުސްދީ މިނިސްޓްރީން މާކުސް ލިސްޓުން ހޮވާފަ އޮއްވާ، ހެދި ނުހެދިއެއް ނޭގި އޭތި ޕްރިންސިޕަލްގެ އާއިލާ ކުއްޖަކަށް ބަދަލުވެ އަލުން މިނިސްޓްރީން ހޮވީ މިހާރު ވަޒިފާއަށް ވެސް ނުކުންނަން ފެށިތާ އެތައް ދުވަހެއް. މީގަވެސް ކަރަޕްސަނެއް ނޯންނާނެ. މޮޅުވާހަކަ ދައްކާ ލަފާ ކޮންމެވެސް ގޮތަކަށް ހަމަޖައްސާލާނެ.

    13
      1. ޒާތީވެގެން މިތާ ކޮމެންޓު ކުރި އެންމެނަށް އެމީހަކަު ކުރި ކަމެއްގެ ސަޒާ ލިބޭނެ. ޙީވަނީ ދެން މި މީހުންނަކީ ކުށެއް ނުކުރާ މައުސޫމު ބައެކޭ

  3. ހަޤީގަތް އޮޅުވާނުލާ. ޕްރިންސިޕަލްގެ ބައްޕައަށް ކާމިޔާބުވި ބިޑް އަކީ އެހެން މީހަކު ލީ ބިޑެއްވެސް ނޫން. އޭނަ އެކަނި ތިޔަބުނާ ނާސްތާ ޕްރޮގްރާމްގެ ބިޑަށް ލީވެސް. ޕްރިންސިޕަލް ކޮއްކޮ އެއް ނޯޕޭ ލީވްގައި ކިޔަވަން އުޅޭ. ދެން މީހަކު ނޯ ޕޭ ލީވްގައި ހުރުމަކީ އެ މަގާމަށް އެހެން މީހަކު ނަގަން އިޢުލާންކުރަންޖެހޭ ސަބަބެއްބަ؟ ޒާތީ ވެގެން ދޮގު މަޢުލޫމާތު ނުފަތުރާ. ޕްރިންސިޕަލްގެ މަގާމުގައި ހުރެ އޭނަ ސިޔާސީ ޕޯޑިއަމް އެއްގައި ވާހަކަ ދައްކާތަން ފެނުނު މީހެއް ނުހުންނާނެ ޔަގީނުންވެސް. މިދެން ފުކެއް ބޮޑުވަރު ދޮގު ހެދިޔަސް

    8
    13
  4. ކަލޯމަށަށް ސްކޫލް ނާސްތާ ޕްރޮގްރާމް ލިބުނީ ބިޑްހުށައަޅައިގެން އެންމެ އަގުހެޔޮ ފަރާތަކަށް ބިޑްދޭއުސޫލުން މަގޭދަރިއަކު ސްކޫލް ޕްރިންސިޕަލް އަކަށް ހުރުމަކީ މަކުރާ ވިޔަފާރި ހުއްޓާލަންޖެހޭ ކަމެއްތަ؟ ނާޒިމް އެތާހުރެގެން ބިޑްލިބުން ފަސޭހަވި އިތުރު ފައިދާއެއްނުވޭ، ދެން އަހަރެމެންގޯތި ކުއްޖާ ނޯޕޭނައިގެން ކިޔަވަން ދިޔާމައޭ އެމަގާމަށް އިތުމީހަކު ނުގެނެސް އެހުރީ ކަލޭމެންވެސް ހަމަ ނޯޕޭނަގައިގެން ކިޔަވަންދާންވީނު އޭރުން ކަލޭމެން ގެ މަގާމުތަށްވެސް ހުސްކޮށްބާއްވާނެއެއްނު، ދަރިފުޅާ ނާޒިމޫ ދަރިފުޅުވެސް ނޯޕޭނަގަން ބައްޕައަށް ފެންނަނީ

  5. ތިކަން ދިޔައީ ގިނަ ބެލެނިވެރިން ބޭނުންވި ގޮތަކަށް ނޫން އެކަމަކު ވަރަށް އުފާވެއްޖެ ތިކަން ހުށައެޅީމާ ކޮންމެ ގޮތަކަށް ނިމުނަސް. ވަރަށް ގިނަ ބެލެނިވެރިން އެދިގެން އެސޮރު ލީވެސް. ރަށު މީހުނަށް ބޮޑަށް އިނގޭނީ ރަށުކަންކަން. އަހަރެމެން ބޭނުންވަނީ ރަށަށް ކުރިއެރުން ސްކޫލަށް ކުރިއެރުން. އެއްވެސް މީހަކީ މާސާފު މީހެއްނޫން. އެކަކު އަނެއްކަކުގެ އަބުރަށް އެރުމަކީ ރަނގަޅުކަމެއްނޫން. ކޮންމެ ކަމެއްވެސް އޮންނަ އުސޫލުން ދިޔައީމަ ރަނގަޅުވާނެ. އެހެކޭ ކިޔާފަ އެކަކު އަނެއްކަކުގެ އަބުރަށް އަރާ މައިންބަފައިންނާ ބެހުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް. ވަރަށް ހުތުރު ކަމެއް. މިހާރު ތިކަން ނިމިއްޖެ އެދެމީހުންގެ މައްސަލައެއް އޮތްތަނެއް ނުފެނޭ ދެން އެހެންބަޔަކު މާ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭ. ގިނަ ފަހަރަށް ގޯސް ހަދަނީ ދުރުގައި ތިބޭ މީހުން

  6. ބޮޑެތި މީޙުން ބޭނުން ވާމީަކުނުހޮވުނަމ މީގެ ކުރިން ވެސް ދެތިން ފަހރު މަތިންއެއް އެއްވަޒީފއަކަށް އިޢުލާނުކޮށް އިންޓަވިއު ކޮށްފަ އެބަ ހުރި.. ތިބުނާ ސްކޫލުގަ
    އަދި ތހިބުނާ ލިބްރޭރިއަން އެސިސްޓެެންޓް ގެ މަގާމުގެ މާރކްސް ދީފަ އިން ފޯމް ވެސް އާމެއް ނުކުރޭ މީހަކަށް އެނގިދާނެތީ އަސަލު ހޮވުނު މީހާނޫން އެހެން މީހަކަށްކަން ވަޒީފާ ލިބުނީ. ސިވިލް ސަރވިސް ވަޒީފާ ތަކަށް ކުރިމަތިލާ ފަރާތްތަކަށް މާކްސް ލިބީފަ އިން ގޮތް އާމުކޮށް ފެނަ ގޮތަށް ސާއިއު ކުރެވެން ނުޖެހޭ ބާ

    12
  7. ނޯޕޭއޭ ނުކިޔާ ފުރަތަމަ އެމަޤާމަށް ހޮވިފަ ހުރި ކުއްޖާ މަޤާމަށް ޝަރުތު ހަމަވެގެން ތޯ ހޮވާފަ ހުރީ ބަލާބަލަ

  8. މައިން ބަފައިންނާ އާއިލާ މީހުންނާ ނުބެހުނަސް ކޮމެންޓް ކުރެވޭނެ ކަމަށް ދެކެން. ވަގަށް ފިލާތިބެ ހަގީގަތާ ހިލާފު ކޮމެންޓް ކުރުމަކީ ސަޅިކަމެއް ނޫން. މީ އެޑްމިން ވެސް ނެތް ނޫހަކީތަ؟

    2
    1
  9. ކޮންމެ މީހަކުވެސް ކުރިމަތި ލައިގެން އޮންނަ އުސުލުން ހޮވޮނީމަ ނިމުނީ…. މައްސަލައެއް އޮތްނަމަ މައްސަލަ ޖައްސާނީ ކަމާބެހޭ ފަރާތުގައި. އަހަރެމެނަށް މައްސަލައަކީ ހޮވޮނީމަ ޒިންމާ އަދާ ނުކުރާތީ ކަންކަން އިސްލާހުކޮށް ރަނގަޅުކުރަން ނޫޅޭތީ…. ތަނެއް އޮތިއްޔާ ބޯގަޅާ ލިޔަކަސް ނުވާނެ ޒިންމާ ނަގަންވާނެ. އަހަރެމެންގެ ދަރިންނަށް ގެއްލުންވާތީ މައްސަލައަކީ. ކަންކަން ބޮއްސުންލައިގެން ގޮސް ސަލާމަތްނުވީމަ ހުރިހާ ކަމެއް އެއްބޮނޑިއަކަށް ކުރީމަާ ކަމަކުނުދޭ. ބަރާބަރަށް ސްކޫލަށް ހާޒިރުވެ އެސެމްބުލީގައި ކުދިންނަށް ނަސޭހަތްދީ ކަންކަމުގައި މަސްވަރާކުރީމަ ރަނގަޅުވާނެ. ބޮޑުގޮނޑީގައި ހުއްޓަކަސް ނުވާނެ.
    އެހެން ސުކޫލުތަކުގައި ތިބޭ އިސްމީހުންވެސް ކުދިންނަށް ކިޔަވައިދީ ޓީޗަރުންގެ ފެންވަރުބަލާ ކަންކަން ރާވާ އިސްކޮށް އުޅޭ އަޑުއިވޭ. ތިތާގަ އެކަން ކުރާތަން ފެންނަނީ އެހެންބަޔަކު. އެންމެ އިސްކޮށް ތިބި 2 މީހުންނެތަސް ތި ސްކޫލު ބަރާބަރަށް ހިނގާނެ. މީ މިރަށު އެންމެނަށް އެނގޭ ކަމެއް. ކަންކަން ނުވަންޏާ ބޮޑު މުސާރަ ނަގައިގެން ތިބޭނެ ކަމެއް ނެއް.

    12
    1
  10. ޕްރިންސިޕަލް އައް ކަމެއް މިތާގަ ސާފުކޮއްލަދޭން ބޭނުން، މަސައްކަތް ދުވަސް ފާހަގަ ކޮއްގެންނާއި މަސައްކަތް ދުވަސް ފާހަގަ ކުރުމައްއުޅެ ނުކޮއް މޯލު މޮހޮއްމަދާއި ޕްރިންސިޕަލް އާއި ދެމީހުން ކޮންމެ ބެލެނިވެރިއެއްގެ އަތުން 300 ރުފިޔާ ނަގަން އުޅުން ދުވަސް ހަނދާން އެބަހުރިހެއްޔެވެ؟ އެހެން ނަގާލާރިކޮޅު ތިދެމީހުންވެގެން ކާލާކަން ބެލެނިވެރިން ނައް އެގިގެން މިނިސްޓްރީ އަށް ގުޅައިގެބް ބަޔަކު މައްސަލަ ޖެއްސާއިގެން އެފަހަފު ބެލެނިވެރިން އަތުން ރުފިޔާ ނުނެގުނަސް މަނިކުފާނު ބެލެނިވެރިންދެކެ ކޯފާއިސްކުރައްވައިގެން މައްސަލަ ޖެއްސި މީހަކު ހޯދަން ކުރި މަސައްކަތްވެސް އެގެއެވެ.

  11. ނާސްތާ ޕްރޮގްރާމުގައި ދަރިވަރަށް ދޭ ނާސްތާ އިން ދަރިވަރަށް ނުކެވި ހުންނަ ބާކީ އެތިކޮޅުވެސް ދޭންޖެހެނީ ޕްރިންސިޕަލް ބަފަޔަށް އެޔަކީ ދަރިވަރުގެ ޙައްގެއް ދަރިވަރު ބޭނުންނަމަ ގެޔަށް ގެންދެވެން ޖެހޭނެ،

  12. ބޮޑުސިއްރު : ޓައިމް ކެޕްސޫލް ވަޅުލަނީއޭ ކިޔައިގެން އަހަރުމެން ބެލެނިވެރިން ގަޅިހައްދައިގެން ސްކޫލުގެ 2ބޮޑުން (މޯލު މުހައްމަދާ ހަރީރާ ހުސޭނާ) ދެމީހުން ދިގުމުއްދަތެއްގައި ސްކޫލުގެ ވެރިކަން ކުރަން ބަފާބެލައްވާ ސިހުރު ހާހޫރު ހަދާފައި އޭގެތެރެއަށް ލީކަން ދެނަހުރި ބެލެނިވެރިންވެސް އެބަތިބި އެބޭލައްވާ އެހެދި އެއްޗެއް ހަދަނިކޮށް ފެނުނު ބެލެނިވެރިޔާ އައް އޮޅުވާލަން ބުނިވާހަކައަކީ ދަރިވަރުންގެ ނަތީޖާ ރަނގަޅުވޭތޯ އެއްޗެއް ހަދަނީއޭ މިވާހަކަ ނުދައްކައްޗޭ މީ ސިއްރެކޭ.

    6
    1
  13. ދެން ލުލް. ލިޔެލަ ލިޔެލާ ތިބެން ޖެހޭނީ ކުރެވޭނެ މާބޮޑު ކަމެއް ނެތް. ހަސަދަވެރިކަމާ ޒާތީ ކަންތައްގަނޑުން ހޯދޭނެ މަންފާއެއްވެސް ނެތް. ފާޅުގައި އެއްޗެއް ޖަހާލަން ނުކެރޭ ފިނޑި ރަނޑު އުޅޭނެ ވައްތަރަށް ތިޔަ އުޅެނީ. ކިތަންމެ ވަރަކަށް ދޮގު ހަދައިހެން ވާހަކަ ވިއްސިޔަސް ވާނެ ކަމެއްވެސް ނޯންނާނެ. ތިޔަ ގެންނަން އުޅުނު ޕްރިންސިޕަލެއް މަގާމަކަށްވެސް ނުގެނެވުނު. އަމިއްލައަށް އެދިގެން މިނިސްޓްރީއަށް ސިޓީ ލައިގެންވެސް ސްކޫލް ހަވާލު ނުކުރި. ޓައިމް ކެޕްސޫލް ވަޅުލަން އެންމެ އިސްކޮށް އުޅުނީވެސް ތިޔަ ބުނާ ލަތީފް ޕްރިންސިޕަލް. އެންމެ ގިނަ އެއްޗެހި ކެޕްސޫލަށް އެޅީވެސް ލަތީފް ޕްރިންސިޕަލް. ހަހަހާ ދެން ކެރިގެން އަމިއްލަ ފޭސްބުކްގައި ކޮމެންޓެއް ކޮށްލަބެލަ ތިޔަހުރި ހިތްވަރެއްވެސް ބަލާލާ ހިތްވޭ އެބަ. ފޮނުއެރުވިޔަސް ތިޔަކަހަލަ ފިނޑި ފެންވަރެއް ނެތެއްނު. ދެންވެސް ހަމަ ޖެހޭނީ ތިހެން ކޮމެންޓް ކޮށްލަ ކޮށްލާ ތިބެން އިތުރު އެއް ކަމެއްވެސް ނުވާނެ. މީ ވަރަށް ވާހަކަ އަދި ވަރަށް ސަލާން

    1
    6
    1. ލަތީފް ކެޕްސޫލްއަށް އެންމެ ގުނައިން އެއްޗެހި އއޅިކަން އެނގޭނީ ތިތާ އެތެރޭގަ އިސްކޮށް އުޅުނު 3 މީހުންނަށް، އެތަނުން މީހަކު ލިޔުނު ކޮމެންޓެއް މީ ޔަގީން، ހަސަދަ ވެރިވިޔަސް ބޮޑުވަރު ތީދެން، ލަތީފްމެން ކަންކަން އިސްލޙުކޮށް ކުރިއަރުވާތީ ކަމުނުދަނީ ތިތާ ވެޑުވިފަ ހުންނަ މީހުންނަށް

  14. ތިޔަހާ ވަރެއް ނޭރުވިއަކަސް ތިޔަސްކޫލުގައި ތިއުޅޭ 3 ފެމެލީ މީހުން ވެގެން ސްކޫލު 3 ފަޅިއަށް ބަހާލާފައި ފެންފޮދަކާއެކު ދިރުވާލަންވީނު….ހޫންންން …ބޯހަލާކު ވެދާނެ…

  15. ކޮންހިފުމެއް ހިފާކައްތަ ހީވަނީ ސުކޫލަކީ މިމީހުނަށް ވާރުތަޔަށް ލިބިގެން އުޅޭ ހަރުމުދާ ގަނޑެއްހެން ވިއްޔާ….ސްކޫލު ރަނގަޅަށް ހިންގަން ނުކެރެންޏާ އިސްތިއުފާދީފަ ގޭގަ ތިބީމަ ނިމުނީނު….އޭރުން ސަރުކާރުން ރަށުން ބޭރު ޕްރިންސިޕަލަކު ގެނެސް މިއަށްވުރެ ރަނގަޅަށް ސްކޫލު ހިންގާނެ…..

  16. ނެއްތަ ދެން ސްކޫލުގައި އިތުރު މަގާމެއް ތަކަންދޫ މުހައްމަދު ތިތަނަށް ކޮއްޕާލޭވޭކަށް

    4
    1
  17. ޕުރިންސިޕަލް ކަން ދޭން ތިތާ އެންމެ ގާބިލް މީހަކަށް ހުންނާނީ އަހަރެމެން ގޯތި ސުޖާއު . އެސޮރު އޮންނާނެ ފިސަރީސައިންސުން ޑިގްރީއެއް.

    3
    1
    1. މީހުންނާ ޒާތީ ނުވެބަލަ . ޢެމީހަކު ތައުބާ ވެފައިވާ ކަންތައްތަކާށް މާތް ﷲ ފާފަ ފުއްސަވާނެ. ތިޔަތާ އެބައުޅޭ ސިއްރުން ފާފަ ކޮއްލުމަށްފަހު ނުވާކަމަށް ހަދާލާ މީޙުން.

  18. ބެލެނިވެރިން ގެ ބައްދަލުވުމެއްގަ ތިޔަކަންކަން އަންގާދީ އޭރުން ބެލެނިވެރިން ނަށް އޮޅިފައިވާ އޮޅުން ފިލާފާނެ

    1
    1
  19. ގްރޭޑް 10 ގެ ބެލެނިވެރިން އިސްނަގައިގެން ސްކޫލު ހަމަޔަކަށް އަޅުވާ ނޫންނަމަ މިފަހަރު އޯލެވެލް ހަދާކުދިންނަށް ތިކަމުގެ އަސަރު ކުރާނީ އެއްގަލަކަށް އަރުވަންވީނު ވެލާބޯގަލަށް ނަމަވެސް

  20. މައްސަލައަކީ ކަމެއްވާއިރަށް މައިންބަފައިންނާ ބެހޭތީ. ޢެހާ ނާތަހުޒީބު ބަޔަކަށް ވާތީ. ދެންވެސް އެމީހަކަށް ހަވާލުވެފައިވާ މަޣާމުގެ މަސްއޫލިއްޔަތު ރަނގަޅުގޮތުގައި އަދާކުރެވޭތޯ ބަލާ. .

  21. މިހާރު ކޮމެންޓް ތަކައް ބެލުމުން ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި އޭސީސީގެ ތެރޭގައި މައްސަލަ އެއް އުޅޭކަމަށާއި ޓައިމްކެޕްސުލް ތެރޭގައި ހުރި އެއްޗިހި ބަލާ ދިރާސާކުރުމައް އަލުން އެ ކެޕްސުލް ބެލެނިވެރިންގެ ހާޒިރުގައި ނަގަންޖެހޭ ކަމަށާއި ޕްރިންސިޕަލް ކަމައް ކުރިމަތިލީ ދެމީހުންގެ އިންޓަވިއު އަލުން ލައިވް ކޮށް ކުރިޔައް ގެނދިއުމަށާއި އެކިމީސް މީހުންގެ ނަންނަމުގައި ކޮމެންޓް ކުރިފަރާތްތަށް ހޯދުމަށާއި ނާސްތާ ބިޑް ދިޔަގޮތާއި ނާސްތާއިން ބާކީވާބައި ގެޔައް ގެންދޭތޯބެލުމަށް ޕޮލިސް އިންޓެލް ހަސީނާއަލީ އާއި ހަވާލު ކުރުމަށާއި ޓީޗަރުން ނާސްތާ ކައިގެން ގެޔައްދޭތޯ ބެލުމަށް ސްކޫލުން ނުކުންނަ ގޭޓްކައިރީގައި ސްކޭން މެޝިނެއް ބެހެއްޓުމަށާއި މިކަން ރައްޔިތުންގެ މަޖްލިހުގައި ކުއްލި މައްސަލައެއްވޮތުގައި ބަލާދިނުމައް އަންގާ މަޖްލީހައް ނަސޭހަތްތެރިވަމެވެ. އަދި ހަމަ އެހެންމެ ދެވަނަދައުރެއް އޮތްކަންވެސް ހަނދާންކޮއްދެމުން ވަކިވަމެވެ – ފާސްނުވު އިސްދަރިވަރު.

Leave a Reply to ފާތުމަތު ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި