ނަރުދޫގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލު ދެއްކެވީ މެމްބަރު ޢަލީ ރިޟާ

Ali Riza

މާލެއިން ފިޔަވާ ރާއްޖޭގެ ރަށަކުން އެންމެ ގިނަ ކޯވިޑް19ގެ ކޭސްތައް ފެނުނު ރަށް ކަމަށްވާ ށ. ނަރުދޫގެ ހުރިހާ ގޭބީސީއެއްގެ ކަރަންޓު ބިލު، އެ ރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާގެ ހަރަދުގައި ދައްކަވައިފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނަރުދޫ ހިމެނޭ މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާ ވަނީ ނަރުދޫގެ 87 ގޭބިސީއެއްގެ މޭ މަހުގެ ކަރަންޓް ބިލް ދައްކަވައިފަ އެވެ. އެރަށޫން ވާހަކަ ދެއްކި މީހަކު ބުނީ މިދަނޑިވަޅުގައި މެންބަރުގެ ފަރާތު ވެދެއްވި އެހީތެރިކަމުގެ ސަބަބުން ވަރަށް ބޮޑު ލުއިތަކެއް ވެގެން ގޮސްފައިވާކަމަށާއި މިކަމަށް ރަށުގެ ރައްޔިތުންގެ ފަރާތުން މެންބަރ ޢަލީ ރިޟާ އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާކަމަށެވެ.

ނަރުދޫ އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުރި ޑެޕިއުޓީ މެނޭޖަރ އަލީ ރަމްޒީ ވަނީ މިކަން މިނޫހަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

ކޯވިޑް19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން ފުރަބަނދުކޮށްފައިވާ އެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ށ. އަތޮޅުގެ ރަށްރަށުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އަވަށްޓެރި ފުނަދޫއިން ވަނީ އެހީގެ ތަކެތިން ބޯޓެއް ބަރުކޮށްގެން ގޮސް އެރަށު ރައްޔިތުންނަށް ހަދިޔާ ކޮށްފަ އެވެ.

އެންމެ ފުރަތަމަ ނަރުދޫ އިން ޕޮޒިޓިވްވެފައިވަނީ އަމާޒު ބޯޓުގެ ކެޕްޓަން އެވެ. އަދި އެއަށްފަހު ނަރުދޫގެ އިތުރު 11 މީހަކު ވެސް ކޯވިޑް19 އަށް ޕޮޒިޓިވްވެ އެ ރަށް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އެރަށަކީ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށެއް ކަމަށް އެޗްޕީއޭއިން ކަނޑައަޅާފައި އޮތް ރަށެކެވެ.

މިދިޔަ ހަފްތާގައި އެރަށުގެ މާބަނޑު މީހެއްގެ ބަނޑަށް ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. ސިއްހީ ފަރުވާ ނުދެވި އެ މާބަނޑު މީހާގެ ބަނޑަށް ކުއްޖާ މަރުވި މައްސަލަވަނީ އެޗްއާރސީއެމްއަށްވެސް ހުށައަޅާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ދެން ކީއްވެތޯ ތަންތަނުން މުދާ ނަގާފަ8މަސް ވާ އިރުވެސް އެ ލާރިކޮޅު ނުދީ އެ ހިފަހައްޓަނީ ފިހާރަތަކުގެ ވެރިން ވޯޓްދޭބަޔަކަަށް ނުވާތީ ދޯ

  2. ސާބަހޭ އެމްޕީ އަލީރިޒާ ދެންއަންނަދައުރކުން ށ ފުނަދޫ ދާއިރާ އައް ކުރިމަތި ލައްާތި

  3. ކޮބާތޯ ތިބޭފުޅާއަށް ފައިސާ ހޯދާދޭން ގުދުބިންދާ މަސައިތްކައް ކޮއްދޭ މުވައްޒަފުންގެ މުސާރަ، ތިބޭނުންކުރަނީ ހަމަ ހަރާން އެއްޗެހި. ނިކަމެތި ބޭރުގައުމުތަކުގެ މީހުންނައް މުސާރަ ނުދީ ތިކުރުވާ މަސައިކަތުގެ އަގު ދޭން ޖެހޭނެ. އެމީހުންގެވޯޓް ނުލިބުނަސް އެމީހންގެ ބަދު ދުޢާ ލިބޭނެ.

Leave a Reply to ފުނަދޫސިޓީ ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި