•  
  •  
  •  
  •  
  •  
  •  

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ފުރަތަމަ ބާބުގެ ދިހަވަނަ މާއްދާގައިވާ ގޮތުގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރެވެ. އެހެންކަމުން ހަމަ އެ މާއްދާގައި އިސްލާމްދީނުގެ އަަސްލަކާއި ޚިލާފް އެއްވެސް ގާނޫނެއް، މި ދިވެހި ދީބުގައި ނެހެދޭނެކަމަށް ވަނީ ބުނެފައެވެ. އެހެނަސް ފޮތުގައި އޮތް ގޮތާއި އަޅުގަނޑުމެންގެ އަމަލުތަކާއި ދިމާވޭތޯ ސުވާލު އުފެދެއެވެ.

އިސްލާމްދީނުގެ ދަންނަ ބޭކަލުންގެ އިޖްމާއުން ސާބިތުވެފައިވާ ގޮތުގައި ރަލާއި އޫރުމަހުގެ ވިޔަފާރިކޮށް ވިއްކާ ހެދުމަކީ ހަރާމް ކަމެކެވެ. އެކަމަކީ ކަނޑައެޅިގެން ހަރާމްކަމެއް ކަމަށް ދަންނަ އެނގެން އޮތް އިރު، އެއީ ދިވެހިން ފާޅުކަންބޮޑު ގޮތެއްގައި ކުރަމުންދާ ކަމެކެވެ. ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމުގެ މަގްސަދުގައި ކަމަށް ބުނެއެވެ.

މިކަން ގާނޫނުތަކުން ވާގި ލިިބިގެން ކުރަމުންދާއިރު، އެކަން މަނާކުރުމަށް ފާޅުގައި ބަހެއް ބުނެލަން ކެރުނު ހަމައެކަނި ސިޔާސީ ފަރާތަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ދާދިފަހުން ޖާބިރު ވަނީ ބަނގުރަލާއި އޫރުމަސް ރާއްޖޭގައި ވިއްކުން މަނާކޮށް ގަރާރެއް ހުށައަޅުއްވާފައެވެ.

އެ ގަރާރު ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލިއިރު، އެ ގަރާރުގެ ހައްގުގައި ތިލަދުންމަތީގެ އެންމެ މެންބަރަކަށްވެސް ވާހަކަދައްކާލަން ނުކެރުމަކީ ހިތާމައެކެވެ. އިގްތިސާދީ ނަފާ ވިޔަކަސް، ބަނގުރަލާއި އޫރުމަހަކީ ދީނީ ނަޒަރަކުން ގޯސްކަމަށް ވުމުން އެކަމާއި މެދު އެ މެންބަރުން އެއްޗެއް ބުނެލުމަކީ ކުރަންޖެހޭނެކަމެއް ނޫންތޯއެވެ؟ ގާނޫނުހަދާ މަޖިލީހަށް އަޅުގަނޑުމެން އެ މެންބަރުން އިންތިޚާބު ކުރީ އިސްލާމްދީންވެސް ހިމާޔަތް ކުރަން ނޫންތޯއެވެ؟

ބިލްބަލައިގަތުމަށް ވޯޓުލީ ނޮޅިވަރަމް ދާއިރާގެ މެންބަރު ނަޝީދު އެކަނި!

މި ގަރާރުގެ ހައްގުގައި އެއްޗެއް ބުނެލަން ނުކެރުނަސް، ގަރާރު ބަލައިގަންނަން ތިލަދުންމަތީގެ އެއް މެންބަރަކު ވޯޓުލުމަކީ އުފާކުރަން ޖެހޭނެ ކަމެކެެވެ. ނޮޅިވަރަމް ދާއިރާގެ މެންބަރު ނަޝީދަށް އެކަމަށް އައްސަރިބަހާއި ސާބަސް ބުނެލަންޖެހެއެވެ.

ތިލަދުންމައްޗަކީ ދީނީގޮތުން ރަނގަޅުބައެއް އުޅޭ ހިސާބަކަށް ވީހިނދު، މި ސަރަހައްދުގެ މެންބަރުން ބަނގުރަލާއި އޫރުމަސް ވިއްކަން ދެކޮޅު ހެދުމަކީ އާންމުންގެ ގައިގައި ކޮޅުފައިން ޖެހުމެއް ނޫންތޯއެވެ. ދީނީގޮތުން ކަމަކަށް ވާގިދިނުމަކީ އެ މެންބަރުންގެ ޒިންމާއެއް ނޫންތޯއެވެ. ބަނގުރާ ވިއްކައި އޫރުމަސް ވިއްކަން އެ މެންބަރުން އޯކޭ ތޯއެވެ؟

ޚިޔާލު

Your email address will not be published.

More in ރިޕޯޓް