•  
  •  
  •  
  •  
  •  
  •  

ނުކުުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ޒަމާނުއްސުރެ ދިވެހި މުޖުތަމައުގައި އެކަހެރިވެ ބާކީކޮށްލެވިފައިވާ ބަޔެކެވެ. އެއީ ދިރިިތިބި ކަމުގައިވިޔަސް ދިރިހުރުމުގެ ގިނަ އުފާތަކާއި ހައްގުތަކަކުން މަހުރޫމްކުރެވިފައިވާ ބައެކެވެ. އެފަރާތްތަކުގެ މިި ނިކަމެތިކަމަށް ކިރިޔާވެސް ލުޔެއް ލިބިގެންދިޔައީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޭން ނިންމި އިނާޔަތުންނެވެ.މިއަދު އެ އިނާޔަތުގެ ގޮތުގައި އެންމެ 2000ރުފިޔާ ލިބޭއިރު، މިއީ އެންމެ އެކަށޭނެ އަަދަދެއް ނޫނެވެ.

ކަން މިހެން އޮއްވައި އެފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކުރަން ގާނޫނަށް ހުށަހެޅި އިސްލާހަށް ތިލަދުންމައްޗަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ދެކޮޅު ހެދުމަކީ އެކަމާއި މެދު އިންތިހާ ދަރަޖައަށް ހިތާމަކުރަންޖެހޭނެކަމެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގާނޫނަށް، ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުކުޅެދުންވެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް، 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑު ކުރާށެވެ.

އެ އިސްލާހުގައި ވާގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގިންތި ކުރެވިފައިވާ ޚާއްސަ ދަފްތަރެއް އެކުލަވާލަން ވެސް ޖެހެ އެވެ. މީގެ އިތުރުން، މީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000 ރުފިޔާގެ އެލަވަންސެއް ދޭން ވާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

މި އިސްލާހަށް ތިލަދުންމަތީގެ މެންބަރުން ދިން ޖަވާބު ބަަލައިލަމާތޯއެވެ.

ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުالله ވަޙީދު

މި ބިލްގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުالله ވަޙީދު ވިދާޅުވީ އެކުދިންނަށް މުހިންމީ ހަމައެކަނި ފައިސާ ނޫންކަމަށާއި އެފަރާތްތަކަށްް ފަރުވާދެވޭނެ ގޮތްތަކާއި އެއްޗެހި ހަމަޖެހެންވާނެކަމަށެވެ.

މެންބަރު ވަހީދު އިތުރަށް ވިދާޅުވީ ބައެއް ގާނޫނުގެ މާއްދާތަކަށް އިޞްލާޙުތަކެއް ގެނެވިގެން ކުރެވޭ ކަމަކުން އެންމެ އެދެވޭ ނަތީޖާ ނިކުންނާނެކަމާ މެދުގައި ޝައްކުއުފެދޭ ކަމަށެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވީ މި އިޞްލާޙަކީ އޭގެ ޒާތުގައި މަފްހޫމަށްބަލާއިރުގައި އެބޭފުޅާވެސް ހަމަ ފުރިހަމައަށް ތާއީދުކުރާ ކަމެއްކަމަށެވެ. އެހެންނަމަވެސް، އެންމެ ރަނގަޅު ގޮތަކީ، އަދިޚާއްޞަކޮށް ކޮލިޝަންގެ ސަރުކާރެއް އޮތް އިރު ގައި މަޖިލީހުގައި މި ކުރެވޭ މަސައްކަތްތައް ވެސް ހަމަ ގުޅިގެންދިއުންކަމަށް ވިދާޅުވިއެވެ.


ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ އަހަރެއްގެ މެދުތެރެއިން މިވަރު ކަމެއް ކުރުމަކީ އެއީ އެހާ ފަސޭހަ ކަމަކަށް ނުވާނެކަމަށެވެ.

އަޅުގަނޑުގެ ދާއިރާ ، ހަނިމާދޫއަކީ ވެސް ހަމަ ވަރަށް ބައިވަރު ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުން ދިރިއުޅޭ ދާއިރާއެއް. އެހެންނަމަވެސް ، އެ ދާއިރާގައި ވެސް ހަމަ މި ކަންކަން ކުރުމަށްޓަކައި، ޖެހޭ ކޮންމެ ކަމެއްގައި ރައްޔިތުން މި ޖެހެނީ މާލެ އަންނަން. އެންމެ ކުޑަވެގެން ހަމަ އެއްވެސް ކަމެއް ހަމަޖެހިފައެއް ނުހުރޭ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ދައް ކައިލާނެ ޑޮކްޓަރެއްހާ ހިސާބުވެސް އެ ސަރަހައްދުގެ ހޮސްޕިޓަލަކު ވެސް ނެތްކަން އަޅުގަނޑު ހަމަ ހިތާމަޔާއެކު ފާހަގަކުރަން. އެފަދަ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު ޢާއިލާގަ އި ހުރުމުން ނުވަތަ މީހަކު ޢާއިލާގައި ހުރުމުން، އެކަމުގަ އި އިތުރަށް މާލީ ގޮތުން އުފުލަށްޖެހޭ ތަކުލީފު އިންތިހާއަށް ބޮޑު”، މެންބަރު ޣަފޫރު ވިދާޅުވިއެވެ.


ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވިދާޅުވީ “ފައިސާއަކީ އަޅުގަނޑު ގަބޫލުކުރާ ގޮތު ގައި މިހާރު ދިމާވެފައި މި އޮތް މައްސަލަ ޙައްލުކުރެވޭނެ ހަމައެކަނި ޙައްލެއް ނޫން. އެގޮތުން އެ ކުދިންނަށް ފުރުޞަތު ހޯދައިދޭން އެބަޖެހޭ. ވަޒީފާއާއި ބޭސްފަރުވާގެ ފުރުޞަތު. ތަޢުލީމުގެ ފުރުޞަތު” ކަމަށެވެ

ސަރުކާރާއި ގުޅިގެން މި ބިލު އަލުން އިޞްލާޙުކޮށް މަޝްވަރާކުރުމަށް ފަހު އަލުން މި ބިލް ހުށައެޅުމަށް މެމްބަރު ޒިޔާދު ވަނީ ގޮވާލާފައެވެ.

ޚިޔާލު

Your email address will not be published.

More in ރިޕޯޓް