•  
  •  
  •  
  •  
  •  
  •  

ހޫނުމޫސުމާއި ދިމާކޮށް ކަރަންޓް ބޭނުންކުރާ ވަރު އިތުރުވެ، ލޯޑް ބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި އެވެ.

އެގޮތުން މާލެއަށް ފޯރުކޮށްދޭ ކަަރަންޓް އިތުރުކުރުމަށްޓަކައި، އިތުރު 1.6 މެގަވޮޓްގެ ޖެންސެޓެއް ބެހެއްޓުމުގެ މަސައްކަތް ސްޓެލްކޯ އިން މިއަދު ވަނީ ފަށާފަ އެވެ.

ސްޓެލްކޯ އިން ބުނީ އަމާޒަކީ ކަސްޓަމަރުންނަށް އަބަދުވެސް އެންމެ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

މިދުވަސްވަރަކީ އާއްމުކޮށް ރާއްޖެއަށް ހޫނުގަނދަ ދުވަސްވަރަކަށް ވާތީ ކަރަންޓްގެ ލޯޑް ވަރަށް ބޮޑު ދުވަސްވަރެކެވެ.

ސްޓެލްކޯ އިން ދާދިފަހުން ވަނީ މާލޭގައި ވަޅުލާފައިވާ ކަރަންޓު ކޭބަލްތައް ނަގައި، ޒަމާނީ އައު ކޭބަލްތަކެއް ވަޅުލުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ހޫނު މޫސުމާއި ދިމާކޮށް،ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އަތޮޅުތަކުގައި ވެސް ޖަނަރޭޓަރުތައް އޯވާހޯލް ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރިއަށް އެބަގެންދެ އެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ