ކުރިނބީ ޕީޕީއެމް ޖަގަހައަށް ކަޅުތެޔޮ ޖަހައިފި

9BCA48BD-7ED2-4942-9842-E2143BF4FA56

ރޭދަންވަރުގެ ވަގުތެއްގައި ހދ ކުރިނބީ ޕީޕީއެމްގެ ޖަގަހައަށް ކަޅުތެޔޮ ޖަހައިފިއެވެ.

ކުރިނބީ ޕީޕީއެމްގެ އިސް އޮފުސަލަކު ވިދާޅުވީ ކަޅުތެޔޮ ޖެހުމުގެ ސަބަބުން އެޖަގަހައިގައި ހުރި ޓީވީ އާއި ބަޔެއް ސާމާނުތަކަށް ގެއްލުން ވެފައިވާކަމަށެވެ.

ކަޅުތެޔޮ ޖަހާފައިވާ ޕީޕީއެމްގެ މި ޖަގަހައަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭނަށް ޕީޕީއެމްއިން ދާދި ފަހުން ތައްޔާރުކުރި ޖަގަހައެކެވެ. މި ޖަގަހަ ކުރިން ބޭނުންކުރީ އެމްޑީޕީގެ ޖަގަހައެއްގެ ގޮތުގައެވެ.

އެ މައްސަލަ މިހާރު ކައުންސިލް އަށް ހުށައަޅާފައިވާކަމަށް އެފަރާތުން ހާމަ ކުރެއެވެ. ކުރިނބީގައި ލޯކަލް ކައުންސިލްގެ އިންތިހާބުގެ ވާދަވެރިކޮން ކުރިއަށް ދާއިރު އެމްޑީލީ އަދި ޕީޕީއެމްގެ ފަރާތުންވެސް ކައުންސިލްއަށް ވާދަކުރެއެވެ.

ޕީޕީއެމްގެ ފަރާތުން ކައުންސިލް ރައީސްކަމަށް ކުރިމަތިލައްވާ އަބްދުﷲ އަސްލަމް އާއި ޕީޕީއެމް ޓިކެޓުގައި ކައުންސިލް މެންބަރު ކަމަށް ވާދަކުރައްވާ ފަރާތަކާއި އެކު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުއާއި އެކީ ފޮޓޯއެއް ނަންގަވައި ފޭސްބުކްގައި ހިއްސާ ކުރައްވަމުން ވިދާޅުވީ އެމްޕީގެ ފަރާތުން ޕީޕީއެމް އަށް ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށާއި އަދި ޕީޕީއެމް ކުރިއަރާ ދާތަން ފެންނާތީ އެމަނިކުފާނު އުފާކުރާކަމީ ފާހަގަ ކޮށްލެވޭ ކަމެއްކަމަށް ބުނެފައިވެއެވެ.

https://www.facebook.com/635950737/posts/10156495859645738/?d=n

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

Leave a Reply to ސޮރު ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި