އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

mtcc

އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަންޖެހޭ 2 ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައު އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރަންޖެހޭނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާ ފަރާތްތައް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޓިން އެންޑް ރެމިއުނެރޭޝަން ކޮމެޓީއިން އިވެލުއޭޓް ކުރާނެއެވެ.

ޑިރެކްޓަރުންގެ ބޯޑަށް ނޮމިނޭޓްވާ ފަރާތްތަކުގެ މަޢުލޫމާތު އެ ބޯޑަށް ހުށަހަޅައި، މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް ނިންމާ ފަރާތްތަކުގެ މައުލޫމާތު، އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން އިއުލާން ކުރާނެއެވެ. މި މަޤާމަށް ޑިރެކްޓަރުން އިންތިޚާބުކުރާނީ މިއަހަރު ބާއްވާ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:
* ކުންފުނީގެ ހިއްސާދާރެއްކަމުގައިވުން.

* އުމުރުން 30 އަހަރު ފުރިފައިވުން.

* ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ފަރާތަކަށްވުން.

* ކުންފުނީގެ ކަންކަމަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތެއްކަމުގައިވުން.

* ސާބިތު ދަރަންޏެއް އޮތް ފަރާތެއް ކަމުގައި ނުވުން.

* ސީއެމްޑީއޭގެ"ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތެއްކަމުގައިވުން.

* ވިޔަފާރިއާއި ގުޅުންހުރި ދާއިރާއަކުން ބައިނަލްއަގްވާމީ ޔުނިވަަސިޓީއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު ފަސް އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.

އެމްޓީސީސީގެ ބޯޑުގައި މިހާރު 7 ޑިރެކްޓަރުން ތިބެއެވެ. އެއީ ސަރުކާރުގެ ފަރާތުން އައްޔަން ކުރާ 5 ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުންގެ ތެރެއިން އިންތިޚާބުކުރާ 2 ޑިރެކްޓަރުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި