އަދާލަތު ކެންޑިޑޭޓުން ވެސް ފޯމު ހުށަހަޅައިފި

އަދާލަތުގެ ޓިކެޓްގައި ވައިކަރަދޫ ދާއިރާ އަށް ވާދަކުރާ ޘަޤީފް،
އަދާލަތުގެ ޓިކެޓްގައި ވައިކަރަދޫ ދާއިރާ އަށް ވާދަކުރާ ޘަޤީފް،

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅައިފިއެވެ.

އަދާލަތު ޕާޓީން މިއަދު ބުނީ، އެ ޕާޓީގެ ޓިކެޓުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން މިއަދު އީސީ އަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އަންނަ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީން ވަނީ ހަތަރު ދާއިރާ އަކަށް ވާދަކުރުމަށް ފޯމު ހުށަހަޅާފައެވެ.

އެ ދާއިރާ ތަކަކީ، ހދ. ވައިކަރަދޫ، މަކުނުދޫ ދާއިރާ، ށ. ފުނަދޫ ދާއިރާ އަދި ރ. އުނގޫފާރު ދާއިރާއެވެ.

މީގެ ތެރެއިން ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވަނީ، ހދ. އަތޮޅާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ނައިބު ރައީސްކަން ކުރައްވާފައިވާ ވައިކަރަދޫ އަށް ނިސްބަތްވާ ޙުސައިން ޘަޤީފް (ޘަޤީ) އެވެ.

މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ އަދާލަތު ޕާޓީގެ ޓިކެޓު ޘަޤީފަށް

މަކުނުދޫ ދާއިރާއަށް ވާދަކުރައްވަނީ އަދާލަތުގެ ރައީސް، ކުރީގެ ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުالله، )މަލްހާރު، މ.ކޮޅުފުށި) އެވެ. ފުނަދޫ ދާއިރާއަށް ވާދަކުރައްވަނީ އިސްމާޢީލް ޙަމީދު (އިތާ ރ-18/04, ހުޅުމާލެ) އަދި އިނގުރައިދޫ ދާއިރާއަށް އިސްމާޢީލް ޢަލީ (ދެކުނުގެ، ރ.އިނގުރައިދޫ) އެވެ.

މި އިންތިޚާބު ބާއްވަން އީސީން ތާވަލުކޮށްފައި ވަނީ އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހުއެވެ.

ނަމަވެސް، މަޖިލީހުން އިއްޔެ ވަނީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން އިންތިޚާބާބެހޭ ޤާނޫނަށް އިސްލާޙް ގެނެސްފައެވެ. މި އިސްލާހަށް ޢަމަލުކުރަން ފަށާނީ ރައީސް އެ ބިލް ތަސްދީގުކުރެއްވުމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *