''މުޖުތަމަޢު އިސްލާހްކޮށް ސަލާމަތް ކުރެވޭނީ އީމާންކަމުގެ އަޤީދާ ވަރުގަދަކޮށްގެން''

Mosque-Kuthuba

މި މުޖުތަމަޢު އިސްލާޙްކޮށް، ސަލާމަތްކުރެވޭނީ އީމާންކަމުގެ އަޤީދާ ވަރުގަދަކޮށްގެން ޣައިބުގައިވާ ކަންކަމަށް ފުރިހަމަ މާނާގައި އީމާން ވެގެންކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

މިއަަދުގެ ޚުޠުބާގެ މަޢުލޫއަކީ ''އީމާންކަން ހަރުދަނާ ކުރުން'' އެވެ.

މި މައުލޫއަށް ފުރިހަމަ އިންސާފެއްކޮށްފައިވާ މި ޚުޠުބާގައި އީމާންކަމަކީ އިސްލާމް ދީނުގެ އަސާސެއްކަން އަންގައިދީ ބުނެފައިވާ ގޮތުގައި އިންސާނާއަށް ފުރިހަމަ މާނާގައި ބާއްޖަވެރިކަމާއި، ކާމިޔާބު ވަނީ ފުރިހަމަ މާނާގައި އީމާން ވެގެންނެވެ. އިންސާނާގެ ދުނިޔަވީ ހަޔާތުގައި އުފަލާއި އަރާމު އަދި އުޚުރަވީ ހަޔާތުގައި ބާއްޖަވެރިކަން ލިބޭނީ އީމާންތެރިކަން ވަރުގަދަކޮށްގެން ކަމަށް ޚުޠުބާގައި ބުނެފަވެއެވެ.

އީމާންކަމުގެ މުހިންމުކަން އަންގައިދެމުން ޚުޠުބާގައި ބުނީ މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ މިފަދަ ދުވަސްވަރެއްގައި އީމާންކަން ބަލިކަށިވެ ގޯސްމަގަކުން ދެވުން ކައިރިކަމަށެވެ. އަދި މީހާގެ ޢަމަލުތަކުގެ ސަބަބުން އީމާންކަން ބަލިކަށިވާން ދިމާވާ ކަމަށެވެ.

އީމާންކަމަކީ ހިތުގައި ސާބިތުވެފައިވާ ވަރުގަދަ އަޤީދާއެއްކަމަށާއި، އަދި އެއީ ތިމާ ތެދުކޮށް ކަށަވަރުކޮށްފައިވާ ކަށަވަރު ކުރުމެއް ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ. އެއީ އިސްލާމްދީނުގެ ބިންގާ ގުޅިފައިވާ ކަންތައްކަމަށާއި، އެކަން ހާސިލް ވާނީ ހިތުގެ ސާބިތުކަމާއެކު ވިސްނުން ފުރިހަމަކޮށްގެން ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

''އަހަރެމެން މުޖުތަމަޢު އިސްލާޙްކޮށް މަސްތުވާތަކެތިފަދަ ބޮޑެތި ޖަރީމާތަކުންނާއި، ފާހިޝް ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ އީމާންކަމުގެ އަޤީދާ ފުރިހަމަކޮށް ޣައިބުގައިވާކަންކަމަށް ފުރިހަމައަށް އީމާންވެގެންނެވެ'' ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާ އެއްކޮށް ކިޔާލަން: އީމާންކަން ހަރުދަނާ ކުރުން

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *