•  
  •  
  •  
  •  
  •  
  •  
  •  

ހަނިމާދޫގެ ފުޓްބޯޅައިގެ އުދަރެހުގައި ފިޔަޖެހި އަލިގަދަ ތަރިއެއްކަމަށްވާ، ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ އާދަމް ސަލީމް ކަޕް 2019 ގެ ފައިނަލް މެޗް ފެށިއްޖެއެވެ.

އާދަމް ސަލީމް ކަޕްގެ ފައިނަލްގައި ރިއަލް ސްޓާރސްއާއި ޝީލްޑްގެ ބައްދަލުކުރާ މެޗު ފެށުމާއެކު ފުރަތަމަ މިނިޓްގައި ރިއަލް ސްޓާރސްގެ ޖާރޒީ ނަމްބަރ 5، މިސްބާހް ވަނީ ލަނޑެއްޖަހާފައެވެ.

މެޗްގެ 2 ވަނަ ލަނޑެއް ރިއަލް ސްޓާރސްއިން ޖަހައި، ލީޑް ފުޅާކޮށްފިއެވެ. މިލަންޑު ޖަހައިދީފައިވަނީ ޖާރޒީ ނަމްބަރު 37، ނައުޝާދެވެ.

ޝީލްޑުން އެޓީމުގެ ފުރަތަމަ ގޯލު ޖަހައިފިއެވެ. މިލަނޑު ޖަހާފައިވަނީ ޖާރޒީ ނަމްބަރު 14، މުޖުތަބާއެވެ.

ޝީލްޑުން ދަނީ ފުލު ފުލުގައި ނުރައްކާތެރި ހަމަލާތައް ރިއަލް ސްޓާރސްގެ ގޯލަށް ފޮނުވަމުންނެވެ. ދާދި ދެންމެއަކު ވަރަށް ނުރައްކާތެރި ދެ ހަމަލާ އުފައްދައި، ވަނީ ނާކާމިޔާބު ވެފައެވެ.

ފުރަމަތަމަ ހާފުގެ ކުޅުން ނިމިއްޖެއެވެ. މިހާފު ނިމުނު އިރު 2-1 ލަނޑުން ކުރީގައި އޮތީ ރިއަލް ސްޓާރސްއެވެ.

މެޗުގެ ދެވަނަ ހާފު މިހާރު ވަނީ ފެށިފައެވެ. ފުރަތަމަ ހާފުގެ ފުރަތަމަ މިނިޓެގައި ފުރަތަމަ ހާފެކޭ އެއްގޮތަށް ރިއަލް ސްޓާރސްއިން ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. ނަމަވެސް ހަމަލާވަނީ ނާކާމިޔާބު ވެފައެވެ.

 

ރިއަލް ސްޓާރއިން އުފެއްދި ހަމަލާއެއް ނާކާމިޔާބު ކޮށްލަން އުޅުމުގެ ތެރޭގައި ޝީލްޑްގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުމެއް ގޯލައް ވައްދާލައިގެން ރިއަލް ސްޓާސްގެ ލީޑު އަނެއްކާވެސް ފުޅާ ކޮށްފިއެވެ. މިލަނޑު ޖެހީ ޖާރޒީ ނަމްބަރު 13 މުޙައްމަދު އަބުދުލް ޣަފޫރެވެ.

މިހާރު މެޗުގެ ނަތީޖާއަކީ، 3-1 ލަނޑެވެ.

މެޗުގެ ފޯރި ވަނީ ވަރަށް ގަދަ ވެފައެވެ. ހަމަ އެހެންމެ މެޗު ބެލުމަށް އެއްވެފައިވާ ގިނަ އަދަދެއްގެ ދެ ޓީމުގެ ސަޕޯޓަރުންގެ ތަރުހީބުގެ އަޑު ވަރަށް ގަދައެވެ.

ދެޓީމުން ދަނީ ވާދަވެރި ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް ޝީލްޑަށްވުރެ ރިއަލް ސްޓާރސް އިން އުފައްދާ ހަމަލަތައް ނުރައްކަލެވެ. ހަމަ ދެންމެ ރިއަލް ސަޓާރސްގެ މިސްބާޙް ފޮނުވާލި ހަމަލާ، ޝީލްޑް ގޯލްކީޕަރ މަސްއޫދުވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.

ކޯނަރއަށްފަހު ރިއަލް ސްޓާރސްއަށް ލިބުނު ހިލޭ ޖެހުންވެސް ސަލާމަތްކުރީ ކީޕަރ މަސްއޫދެވެ.

މެޗުގެ އިތުރު ގަޑީގެ ގޮތުގައި 5 މިނިޓުގެ ކުޅުން ދައްކައިފިއެވެ.

އާދަމް ސަލީމް ކަޕް 2019 ގެ ޗެމްޕިއަންނަކަން ރިއަލް ސްޓާރސް ހޯދައިފިއެވެ. ފައިނަލު މެޗުގެ ކުޅުން ނިމުނީ 3-1 ލަނޑުން ޝީލްޑްގެ މައްޗަށް ރިއަލް ސްޓާރސް މެޗު ކާމިޔާބު ކޮށްގެންނެވެ.

ފޮޓޯތައް: އައިކްލިކް ސްޓޫޑިއޯ، ހަނިމާދޫ

ޚިޔާލު

Your email address will not be published.

More in ރާއްޖެ