ރައީސް ޑރ. މުޢިއްޒު، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިޢު މުޙައްމަދު މިރޭ ޢައްޔަނު ކުރައްވައިފިއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މާނިޢު ޢައްޔަނު ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، މާނިޢު ވަނީ ‏ކުރައްވާފަ އެވެ.

Ad
rt

‏މި މަޤާމަށް މާނިޢު ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ކުރިން ހުންނެވީ ޢަބުދުﷲ ޝަރީފް އެވެ. އޭނާ ވަނީ މި މަހުގެ 6 ވަނަ ދުވަހު ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވާފަ އެވެ.

މި ސަރުކާރުގައި ކަސްޓަމްސްގެ ބެލެނިވެރި ވުޒާރާއަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އެވެ. މި ވުޒާރާގެ ވަޒީރަކީ އަލީ އިހްސާން އެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ސަރުކާރުގެ ބައެއް އިތުރު އިސް މަގާމުތަކަށް ވެސް މިރޭ އިތުރު ބޭފުޅުން ޢައްޔަނު ކުރައްވާފައެވެ.