އައު ސަރުކާރުން ރައްޔިތުންގެ މަންފާއަށްކުރާ ކޮންމެ ކަމަކަށް ފުރިހަމަ އެއްބާރުލުން ލިބޭނެ: މޭޔަރު އާތިފް

މޭޔަރު އާތިފް، ފޮޓޯ: ސިޓީ ކައުންސިލް
މޭޔަރު އާތިފް، ފޮޓޯ: ސިޓީ ކައުންސިލް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކުޅުދުއްފުށީގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރާ ކޮންމެ މަސައްކަތެއްގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒަށާއި ނައިބް ރައީސް ހުސައިން މުހައްމަދަށް މަރުހަބާ ދަންނަވައި މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ އުންމީދަކީ ޑރ.މުއިއްޒުގެ ޒައާމަތުގައި ދިވެހިރާއްޖެއަށާއި ކުޅުދުއްފުއްޓަށް ތަރައްގީއާއި ތަމައްދުން ގެނުވާނެ ދައުރަކަށް ވެގެންދިޔުން ކަމަށެވެ.

އާތިފް އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގައި ސަރުކާރުން ފަށާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ބާރު ދުވެލީގައި ކުރިއަށްދިއުމަކީ އެދުމެއް ކަމަށާއި އަދި ޑރ.މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ މަސައްކަތް އަވަސްގޮތެއްގައި ފެށިގެން ދިޔުމަށް އެދޭކަމަށެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ވަނީ 11 ބުރީގެ 5 ޓަވަރު އެޅުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން އެ ސިޓިގެ މަގުތަށް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫވެސް ދަނީ ކުރިއަށެވެ. ސަރުކާރު ބަދަލުވީއިރު މި ދެ މަޝްރޫއު ވެސް ވަނީ ނިންމާނުލެވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި