•  
  •  
  •  
  •  
  •  
  •  
  •  

އިހަވަންދޫގެ މަސްވެރިންގެ ޔޫނިއަން އިން އެރަށުގެ އިޖުތިމާއީ ހަރަކާތްތަކަށް މާލީ އެހީތެރިކަން ދީފިއެވެ.

އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ 227،000 ރުފިޔާގެ އެހީ ދެއްވާފައެވެ. މިއީ އިހަވަންދޫ މަސްވެރި ދޯނިތަކާއި ގުޅިގެން އުފައްދާފައިވާ ފެއާރޓްރޭޑް ޔޫނިއަނަށް މިހާތަނަށް ލިބިފައިވާ ބަޖެޓުން 2019 އިން 2020 އަށް ކަނޑައަޅާފައިވާ ހަރަކާތްތައް ހިންގުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތަށް އިޖާބަދީ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ދީފައިވާ އެހީއެކެވެ.

އިހަވަންދޫގެ ދެ މުއައްސަސާއެކުންނާއި ދެ ޖަމްއިއްޔާއަކުން ވަނީ ފެއާރޓްރޭޑް ޔޫނިއަން ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތައް ހިންގުމަށް ޕްރޮޕޯސަލް ހުށައަޅާފައެވެ. އެއީ، އިހަވަންދޫ ކައުންސިލް އިދާރާ، އާމިނާދިޠ ސިއްހީމަރުކަޒު، އިހަވަންދޫ މަސްވެރިންގެ ގުޅުން އަދި ކްލަބް ޕޯލްސްޓަރއެވެ.

މީގެ ކުރިންވެސް ފެއާރ ޓްރޭޑް ޔޫނިއަންުން ވަނީ އެކިއެކި މުއައްސަސާތަކަށާއި ޖަމުއިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެންމެ ބޮޑު މާލީ އެހީތެރިކަމެއް ދީފައިވަނީ އިހަވަންދޫ މިސްކިތްތަށް މަރާމާތު ކުރުމަށެވެ އެގޮތުން އެކަމަށް ވަނީ 70،000 ރުފިޔާ ކައުންސިލާއި ހަވާލުކޮށްފައެވެ. އޭގެ އިތުރުން ރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހިންގުމަށްވެސް 20،000 ރުފިޔާގެ މަލީ އެހީތެރިކަމެއްވ ވަނީ ކައުންސިލްއާއި ހަވާލުކޮށްފައެވެ. އަދި، ސްކޫލް ބެލެނިވެރިންގެ ހިޔަލެއް ހެދުމަށް 15،000 ރުފިޔާގެ އެހީތެރިކަމެއް ދީފާއިވާއިރު، ރަށުގެ އެކި ހިސާބުތަކުގައި ޑަސްޓްބިން ބެހެއްޓުމަށް 20،000 ރުފިޔާވެސް ވަނީ ހަވާލުކޮށްފައެވެ.

މި އަހަރު ހަވާލުކޮށްފައިވާ އެހީތެރިކަމުގެ ތެރެއިން، އާމިނާދިޔޯ ސިއްހީމަރުކަޒަށް ހަވާލުކޮށްފައިވާ 15000 ރުފިޔާއަކީ ދުޅަހެޔޮ ޕްރޮގްރާމް ހިންގުމަށް ހަވާލުކުރެވުނު ފައިސާގެ އެހީތެރިކަމެވެ. އަދި ތިމާވެއްޓަށް ހޭލުންތެރި ޕްރޮގްރާމް ހިންގުމަށް 12،000 ރުފިޔާ އެހީތެރިކަމެކެވެ. ކްލަބް ޕޯލްސްޓާރއަށް ހަވާލުކޮށްފައިވަނީ ދެޖިންސަށް ކުޅިވަރުގެ ހަރަކާތް ހިންގުމަށް 15،000 އާއި ތައުލީމީ ހަރަކާތްތައް ހިންގުމަށް 10،000 ރުފިޔާގެ އިތުރުން އެންވެރިކަމާއި މަސްވެރިކަމަށް އިތުރު ތަމްރީނު ދިނުމަށް 20،000 ރުފިޔާގެ އެހީއެވެ. އިހަވަންދޫ މަސްވެރިންގެ ގުޅުމަށް ހަދިޔާ ކޮށްފައިވަނީ މަސްވެރިންނަށް ތަމްރީން ޕްރޮގްރާމް ހިންގުމަށް 20،000 ރުފިޔާ އަދި ދީނީ ދަރުސް ޕްރޮގްރާމް ހިންގުމަށް 10،000 ރުފިޔާ އެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ