ކުޅުދުއްފުށީގެ ތާރު އެޅި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަނީ

1BEA9646-648C-466E-90B8-27A16FF97E85

ހދ. ކުޅުދުއްފުށީގެ ތާރު އެޅި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ވިއްސާރަވުމާއި ގުޅިގެން، ތާރު މަގުތަކުގައި ފެންބޮޑުވަނީ ކާނުތަކުން ފެން ހިނދޭނެ އިންތިޒާމެއް ގާއިމް ކުރެވިފައި ނެތުމުން ކަމަށް ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ވިއްސާރަ މޫސުމުގައި ތާރު ނާޅާ މަގުތަކެކޭ އެއްގޮތަށް ތާރު އަޅާފައިވާ މަގުތަކުގައިވެސް ފެންބޮޑުވަމުން ދެއެވެ.

މިކަން ހައްލު ކުރުމަށް ބޮޑު މަޝްރޫޢެއް ހިންގަން މިވަގުތު ބަޖެޓް ނެތްނަމަވެސް، ރައްޔިތުންނަށް ލިބޭ ގެއްލުމާއި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ރަށުގެ އިރުމަތި ފަރާތުން ހޭޅިތެރޭގައި ބޮޑު ވަޅުގަނޑެއްކޮނެ ހޮޅިއަޅައިގެން ކާނުތަކުން އެ ވަޅުގަނޑަށް ފެން ހިނދޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުޅުދުއްފުށީ ޕަބްލިކް ވޯކްސްއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރި އިރުމަތި ފަރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ނިމުމުން ހުޅަނގު ފަރާތުގެ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ވިއްސާރަ މޫސުމުގައި ރަށުގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުގައިވެސް ހޮޅިލައިނެއް ވަޅުލައި ވަގުތީ ހައްލެއް ހޯދުމަށް ވަނީ ނިންމާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކާނުތައްވ މަހަކުވ އެއްފްހަރުނަމަވެސް ސާފުކޮށްލާނަމަވ މިހާރަށްވުރެވ ފެންގަނޑުވ ހިނދޭނެ.
    އަމީނީމަގުގަވ ތާރުއެޅިފަހުންއަދިދުވަހަކުވެސްތިއިންއިދާރާއަކުންމަގުގެހުޅަނގުފަޅިކާނުތައްސާފުނުކޮށްލާ.

Leave a Reply to އައިމިނަތު ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި