ދިއްދޫ އޮފީސް ފުޓްސަލް: ޗެރިޓީ ޝީލްޑް މެޗް ފެނަކައިން ކާމިޔާބުކޮށްފި

IMG_6746

ހދ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން "މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023" ނަމުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތް ފެށުމުގެ ކުރިން ކުޅުނު ޗެރިޓީ ޝީލްޑް މެޗް ދިއްދޫ ފެނަކަ ޓީމުން ކާމިޔާބު ކޮށްފިއެވެ.

ޗެރިޓީ ޝީލްޑް މެޗު އިއްޔެ ހަވީރު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ތައްޔާރު ކޮށްފައިވާ ފުޓްސަލް ދަނޑުގައި ކުޅުނުއިރު، އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފާއިތުވި އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފެނަކައާއި ދިއްދޫ ޕޮލިސް ކުލަބެވެ.

މި މެޗު ފުރިހަމަ ވަގުތުހަމަވިއިރު 0-0 ގެ ނަތީޖާއިން ދެ ޓީމް އޮތީ އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 އިން ކުރިހޯދައި ޗެރިޓީ ޝީލްޑް ކާމިޔާބުކުރީ ފެނަކައިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެނަކައިގެން ގޯލްކީޕަރ އަޙްމަދު ޝާހިދެވެ.

ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ފެނަކަ ޓީމަށް މިޑްލް ސްޕޯޓްސް ކުލަބުން ވަނީ 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އެ ފައިސާ ފެނަކަ ޓީމުން ވަނީ ދިއްދޫގެ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުއްޖެއްކަމަށްވާ ސިމާހާ މުޙައްމަދަށް ހަދިޔާކޮށްފައެވެ

މި މުބާރާތުގެ ފުރަތަމަ މެޗު މިއަދު ހަވީރު 16:00 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދިއްދޫ ކައުންސިލާއި ދިއްދޫ ޕޮލިސް ކުލަބެވެ. ދެވަނަ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 17:00 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ފެނަކައާއި ތިލައުތުރު ރިކްރިއޭޝަން ކްލަބެވެ.

މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ބީއެމްއެލް، ސްވިފްޓް ލޮޖިސްޓިކްސް، އުދަރެސް އިން، އިންކް ބްލިންކް، ރިޕެއާ ޕޮއިންޓް، ބީއޭ ވަޑާން، އަލްވާ މާޓް، ސިޓީ ކިއު ރެސްޓޯރެންޓްސް އޭއެންސީ ބޭކަރީ، ކައިވެނީގެ ރަން، އަދި ދިއްގާ ފައުންޑޭޝަން އެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ ތިލަދުން އާއި ދިއްދޫ އޮންލައިން އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި