•  
  •  
  •  
  •  
  •  
  •  
  •  

2020 ވަނަ އަހަރުގެ ލައިބީރިއާގެ ބަޖެޓުން އެގައުމުގެ މަޖިލިސް މެންބަރުންގެ މުސާރައާއި އެލަވަންސުން 30 އިންސައްތަ ކުޑަކުރުމަށް އެގައުމުގެ ރައްޔޮތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން އެގައުމުގެ މަޖިލިސް މެންބަރުން ވިދާޅުވެފައިވަނީ މިއީ އެގައުމުގެ މާލީ ހާލަތު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ މިންގަނޑުތަކާއި ހަމަހަމަ ކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.

އެގައުމުގެ ބައެއް ނޫސްތަކުގައި ވަނީ މިއީ މަޖިލިސް މެންބަރުންގެ އަމިއްލަ އެދުމަށްވުރެ ގައުމު އިސްކޮށްފައިވާކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 1995 ވަނަ އަހަރު ހޯދި އޭސީ މިލާނުގެ ކުރީގެ ފޯވާޑް އަދި މިހާރު ލައިބީރިއާގެ ރައީސް ޖޯޖް ވިޔާ އެގައުމުގެ މަޖިލީހަށް ހުށައެޅި ބަޖެޓުން މަޖިލިސް މެންބަރުން މިވަނީ ގާތްގަނޑަކަށް 7 މިލިއަން ޑޮލަރު ކުޑަކޮށްފައެވެ. ވިޔާ މަޖިލީހަށް ހުށައަޅާފައިވަނީ 532.9 މިލިއަން ޑޮލަރުގެ ބަޖެޓެކެވެ. އެހެންނަމަވެސް މަޖިލިސް މެންބަރުން އެބޭފުޅުންގެ މުސާރައާއި އެލަވަންސު ކުޑަ ކުރުމަށްފަހު ފާސްކޮށްފައިވަނީ 526 މިލިއަން ޑޮލަރުގެ ބަޖެޓެކެވެ.

މިދިޔަ މަހު އިޓަލީގެ މަޖިލިސް މެންބަރުންވެސް ވަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އެގައުމުގެ މަޖިލިސް މެންބަރުންގެ އަދަދު މަދުކުރުމަށް ފާސްކޮށްފައެވެ. އެގޮތުން 630 މަޖިލިސް މެންބަރުން އިޓަލީގެ ގާނުނޫ ހަދާ މަޖިލީހުގައި ތިއްބަވާއިރު އެ އަދަދު 400 ތިރިކުރުމަށާއި ސެނޭޓަރުންގެ އަދަދު 315 އިން 200 އަށް ކުޑަ ކުރުމަށްވެސް އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ