•  
  •  
  •  
  •  
  •  
  •  

ބަންގަލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި އެ ޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން
އަތުލައިގަނެފިއެވެ.

ކަސްޓަމްއިން ބުނީ މިރޭ ރާއްޖެ އައި ޢުމުރުން 28 އަހަރުގެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން (Amphetamine) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މީނާގެ ލަގެޖްގެ ތެރެއިން ޖުމްލަ 2339 އެމްފެޓަމިން ގުޅަ ފެނިފައިވެއެވެ. މިތަކެތީގެ މަގުމަތީ އަގު 2,33،900.00 (ދެ ލައްކަ ތެއްތިރީސްހާސް ނުވަސަތޭކަ) ރުފިޔާއަށް އަރައެވެ.

މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ