ވީއެސްއާރްސީ ވޮލީބޯލް މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމް ހޯދައިފި

11D880C4-4036-4039-A09E-05D6D155C8DD

ހދ އަތޮޅުގައި ބާއްވަމުންދާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް ކަމަށްވާ ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ޗެމްޕިއަންކަން ޓީމު ނޮޅިވަރަމް ހޯދައިފިއެވެ.

މިރޭ 21:00 ގައި ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި ފެށި މުބާރާތުގެ ފައިނަލް މެޗުގައި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު، ސީދާ ތިން ސެޓުން ބަލިކޮށް ޓީމު ނޮޅިވަރަމް އިން ވަނީ މެޗު ކާމިޔާބި ކޮށްފައެވެ. ސިދާ 3 ސެޓުން ޓީމު ނޮޅިވަރަމް އިން ކާމިޔާބު ކުރިޔަސް ތިން ސެޓުވެސް ވެގެން ގޮސްފައިވަނީ ވަރަށް ފޯރިގަދަ އަދި ވާދަވެރި ސެޓު ތަކަށެވެ.

މެޗުގެ ފުރަތަމަ ސެޓު ޓީމު ނޮޅިވަރަމް އިން ކާމިޔާބު ކުރީ 20-25 އިންނެވެ. މެޗުގެ ދެވަނަ ސެޓު 26-28 އިން ޓީމު ނޮޅިވަރަމް އިން ކާމިޔާބު ކޮށްފައިވާއިރު މެޗުގެ ތިން ވަނަ ސެޓު ވެގެން ގޮސްފައިވަނީ އަދި މާ ވާދަވެރި ފޯރިގަދަ ސެޓަކަށެވެ. މެޗުގެ ތިން ވަނަ ސެޓު ޓީމު ނޮޅިވަރަމް އިން ކާމިޔާބު ކޮށް ޗެމްޕިއަންކަން ހޯދީ 36-38 އިން ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު ބަލި ކުރުމަށް ފަހުއެވެ. މިއީ މި މުބާރާތުގައިވެސް އެންމެ މައްޗަށް ސެޓެއްގެ ސޮކޯ އެރި ސެޓެވެ.

މިރޭ ގެ މެޗު ވަނީ ސަންގް ޓީވީ އިން ވަގުތުން ދައްކާފައެވެ. މިއީ މުބާރާތުގެ މެޗެއް ޓީވީ އިން ވަގުތުން ދެއްކި ފުރަތަމަ ފަހަރެވެ.

https://www.facebook.com/SanguTelevision/videos/556150718291972/?fref=mentions&__xts__%5B0%5D=68.ARCsUJLQbQ1q09jBUKXULUr5iNZhBgKR5Lfnf0s-4Nd3FRYrmDKp1MdW_0cK2rvfbRnLx5KaE5oe4v_Rqc3_dvi294jio4kD_TWHNDueJ90KOoso6bP1KifbLFIupY9XU6a-QmP7_plpUWeKtWkBFK-8TF8Ldc0eTplWstKXZdlQx1SVNmEg5Kh7vCUjeVndA81vKORrxbo8OGtuQfdXNgtA-oGbivyHfYfiJitEVgR_5dikdGH4phCn2CnfAvtb5W1kdVpvKNY0EGRlcs4RZXtYb-Mamq-b85wvpXIw0aaHjheXf-VvV9W6HJSa49d2td6xdngrE6pkqz8ixQv2HYLiR6Z4WFymlvihqNem4My__f0dAeuS2NV6ZzoBdBI4kfTlJ1nksgz3SZvweF0b30dYCekZAuh_z7BBgWWKvQP_U581TF0sTjP_HrNyvBgXnk71R8YDqffz99I49f2aeLgTWMJIx2wQ4veaeY3ry61sdK2oFQJd2IqsJKkt7ya5&__tn__=K-R

މިއަންނަ އަހަރުވެސް މި މުބާރާތް ބާއްވާނެކަމަށް މުބާރާތް އިންތިޒާމު ކުރައްވާ ފިނޭ ވީއެސްއާރްސީ އިން މަޢުލޫމާތު ދެއްވައެވެ. މިމުބާރާތުގެ ސަބަބުން ހދ އަތޮޅުގެ ވޮލީބޯޅަ އަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. މުޅި ހދ.ގައިވެސް އެންމެ އާބާދީ ކުޑަވާނީ ފިނޭ ގަ. އެކަމުވެސް އެންމެ ރަނގަޅު އެންމެ ބޮޑު ވޮލީ މުބާރާތް މި އޮތީ ފިނޭ ގަ. ބޮޑެތި އާބާދީއޮތް ރަށްރަށުން ކޯޗެއްތަ ތި ހަދަނީ. މުބާރާތް ބެލިން. އެފް.ބީ ލައިވް ކޮލިޓީ ރަނގަޅު ކޮށްލީމަ ހަބޭސް ވީ. ސަންގް ޓީވީން ލައިވްކުރި އިރު ކޮމެންޓްރީއަށް އެފް.ބީ ލައިވް ކޮމެންޓޭޓަރ ލީނަމަ ދެން ކިޔާނެ ކަމެއް ނެތް. އޭނަ އެކަން ކުރާއިރު އަހަރުމެން ނޭނގޭ މީހުންނަށް އެނގޭ ވިއްޔަ.

    10
    2
    1. ޓީވީއަކުން ލައިވްކުރިއަކަސް އަދި އެއީ ފެންވަރު ރަނގަޅުވީކީ ނޫން، އެތަނަށް ދިއަ މީހަކަށް އެނގޭނީ ފެންވަރުވެސް، މުބާރާތުގައި ރާއްޖޭގެ މޮޅެތިކުޅުންތެރިން ކުޅުނު، އެއީ ޓީމްތަކުގެ މެދުގައި އޮތް ވާދަވެރިކަން، އެހެންގޮތަކުން ތަފާތު މުބާރާތެއް ނޫން

      1
      1

Leave a Reply to ާހަކީމް ރައްދު ކެންސަލް

Your email address will not be published. Required fields are marked *